ކަރެކްޝަންސްގެ ހެޑް އޮފީސް ރޭޑިއޯ ބިލްޑިންގއަށް ބަދަލުކޮށްފި

ކަރެކްޝަންގެ ހެޑް އޮފީސް މާފަންނު ރޭޑިއޯ ބިލްޑިންގަށް ބަދަލުކުރުން -- ފޮޓޯ/ ކަރެކްޝަން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ހެޑް އޮފީސް މާފަންނު ރޭޑިއޯ ބިލްޑިންގއަށް ބަދަލުކުރުމަށް ފަހު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ރޭޑިއޯ ބިލްޑިންގގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކަރެކްޝަންސްގެ ހެޑް އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދު ފުޅެވެ.

ކަރެކްޝަންގެ ހެޑް އޮފީސް މާފަންނު ރޭޑިއޯ ބިލްޑިންގަށް ބަދަލުކުރުން -- ފޮޓޯ/ ކަރެކްޝަން

އެމްސީއެސްގެ ހެޑް އޮފީސް ވޭތުވެ ދިޔަ 11 އަހަރު ހިންގަމުން އައީ މާލޭގެ އެންމެ ގިނަ ދުވަސްވި އޮފީސް އިމާރާތްކަމުގައިވާ ޣާޒީ ބިލްގިންގުގައެވެ. އެ އިދާރާގެ ހެޑް އޮފީސް ޣާޒީ ބިލްޑިންގުން ބަދަލުކުރީ އެ ބިލްޑިންގު ބައުވެ، ސަރުކާރުން އެތަން ހުސްކުރަން އެންގުމުންނެވެ.

އައު ހެޑް އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުޙައްމަދު ފުޅު ވިދާޅުވީ އެހެން އިމާރާތަކަށް ބަދަލުވުމަށް ޓަކައި ކުއްލިއަކަށް ހެޑް އޮފީސް ބަންދުކުރަން ޖެހުމުން ބޮޑެތި ގޮންޖެހުންތަކާ ދިމާވި ކަމަށެވެ.

comment ކޮމެންޓް