އެސްއެސް ނެޓްގެ ތީމް ލަވައިގެ އޯޑިއޯ ރިލީޒްކޮށްފި

އެސްއެސް ނެޓްގެ ތީމް ލަވައިގެ އޯޑިއޯ ރިލީޒް ކުރުމުގެ ހަފްލާގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

އެސްއެސް ނެޓުގެ ވިޔަފާރި ފުޅާކޮށް މާކެޓުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެސްއެސް ނެޓުގެ ތީމް ލަވައިގެ އޯޑިއޯ މިއަދު ލޯންޗުކޮށްފިއެވެ.

ލަވައިގެ އޯޑިއޯ ރިލީޒްކޮށްފައިވަނީ އެ ކަމަށް ޓަކައި މިއަދު އެސްއެސްޓީވީ ސްޓޫޑިއޯގައި އޮތް ހަފްލާއެއްގައެވެ. މި ހަފްލާގައި އެސްއެސް މީޑިއާގެ ސްޓާފުން ބައިވެރިވިއެވެ.

އެސްއެސް ނެޓްގެ ތީމް ލަވައިގެ އޯޑިއޯ ރިލީޒް ކުރުމުގެ ހަފްލާގެ ތެރެއިން އެސްއެސް މީޑިއާގެ ވެރިންނާއި މުވައްޒަފުން-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

އެސްއެސް ނެޓުގެ ޚިދުމަތްތަކާ ގުޅުވައިލައި ތައްޔާރުކޮށްފައިވާ މި ލަވަ ކިޔައިފައިވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު މައިސާން (ބޮކިޓޮސް)އެވެ.

ލަވައިގެ އޯޑިއޯ މިއަދު ރިލީޒްކޮށްފައިވާއިރު ވަަރަށް އަވަހަށް ލަވައިގެ ވީޑިއޯ ނިކުންނާނެކަމަށް އެސްއެސް ނެޓުގެ މާކެޓިން ޓީމުން މައުލޫމާތު ދެއެވެެ.

އެސްއެސް ނެޓުން އަންނަނީ ކުންފުނީގެ ވިޔަފާރި ފުޅާކޮށް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އަތޮޅު ތެރެއާއި މާލޭގައި އެސްއެސް ނެޓު މާކެޓުކުރުމާއި ޕްރޮމޯޓުކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.

އެސްއެސް ނެޓުން މިހާރު ވެސް އާންމުންގެ މެދުގައި މަގުބޫލު ގިނަ ޗެނަލްތަކެއް ފެންނައިރު ގިނަ ބަޔަކު އަންނަނީ ޚިދުމަތް ބޭނުންކުރަމުންނެވެ.

ކުރިއަށް އޮތް ތަނުގައި ޚިދުމަތް އިތުރަށް ފުޅައިކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް އެސްއެސް ނެޓުން ބުންޏެވެ.

comment ކޮމެންޓް