އެމްޑީޕީގެ ހަރުގެ ހުސްކުރުން ހުއްޓުވުމަށް އެދި ވަގުތީ އަމުރަކަށް އެދެފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އެ ގޭގެ ވެރިފަރާތުން އެންގި މައްސަލަ އެ ޕާޓީން ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރް ވިދާޅުވީ، ހަރުގެ ހުސްކުރުން މަޑުޖައްސައި ދިނުމަށް އެދި ވަގުތީ އަމުރަކަށް ވެސް އެެދެފައި ވާކަމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 10:30އަށް ވަނީ ތާވަލްކޮށްފައެވެ.

އެމްޑީޕީ ހަރުގެ ހުސްކުރަން އެ ޕާޓީއަށް އަންގާފައި ވަނީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. އޭރު އެ ޕާޓީން ބުނީ، މައި ހަރުގެ ހިންގަން އެހެން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

https://sun.mv/176732

އެމްޑީޕީ ހަރުގެ ހަދާފައި ހުންނަނީ އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ގޭގައެވެ.

އެ ޕާޓީ ވަރަށް ބޮޑަށް ބައިބައިވެ، ދެ ކަފިވެފައިވާއިރު، ޝަފީއާ ހުންނެވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައިގެން، އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައެވެ.

comment ކޮމެންޓް