ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމުގެ ތުހުމަތުވާ ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓު ސަސްޕެންޑުކޮށްފި

ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް --

ވަރިވާން އެދި ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު އޮތް ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް އިސް މެޖިސްޓްރޭޓު އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ މައްސަލައެއް ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ މައްސަލައިގެ ތަޙްޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ޢަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ޖޭއެސްސީން ނިންމީ މިރޭ ބޭއްވި ކޮމިޝަނުގެ ކުއްލި ޖަލްސާއެއްގައެވެ.

މި މައްސަލައިގައި އަލީ އާދަމް ސަސްޕެންޑް ކޮށްފައިވާއިރު އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް މީގެ ތިން ދުވަސް ކުރިން ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި އަންގާރަ ދުވަހު ފުލުހުން ވަނީ 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ހައްޔަރުކޮށްފައެވެ.

https://sun.mv/177814

މި ދެ މައްސަލަ، އެއް މައްސަލަ އަނެއް މައްސަލައާ ގުޅުންހުރި ކަމުގެ މައުލޫމާތެއް މިހާތަނަށް ނުލިބެއެވެ.

comment ކޮމެންޓް