ބަނގުރާފުޅިތަކެއް ގެންގުޅުނު އިންޑިއާގެ ތިން މީހަކު އެމްޓީސީސީ ބަހެއް ތެރެއިން ހައްޔަރުކޮށްފި

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަލަށް ގެނައި ބަސްތައް، މި ބަސްތައް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މާލެއާއި، ހުޅުމާލޭ ދެވަނަ ފިޔަވައްސާ ދެމެދު --- ސަންފޮޓޯ/ ނާއިލް ހުސައިން

އެމްޓީސީސީ ބަހެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ގެންގުޅުނު އިންޑީއާގެ ތިން މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

އެ ތިން މީހުން ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭގެ ތެރެއިން ދެމީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެކަކު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ ތިން މީހުންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި ޖުމްލަ 23 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ:

  • އެމަލުމަލައި ތަންގާރުޖު، އުމުރުން 35 އަހަރު - 500 އެމްއެލްގެ ފަސް ފުޅި ބަނގުރާ ފެނިފައިވޭ
  • ޗޯޓޭލާލް، އުމުރުން 38 އަހަރު - ދެ ފުޅި ބަނގުރާ ފެނިފައިވޭ
  • ސިވަނަންދަން ޗިންނާ ތަންބީ، އުމުރުން 30 އަހަރު - 16 ފުޅި ބަނގުރާ ފެނިފައިވޭ

މި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ މޯލްޑިވްސް ގޭސް ގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އޭގެ ތެރެއިން މޯލްޑިވް ގޭސް ކުންފުންޏަށް ނިސްބަތް ނުވާ ޗޯޓޭލާލް ކޯޓުގައި ވަނީ އޭނާގެ ފުރަތަމަ ކުށަށްވާތީ މާފްކޮށްދިނުމަށް އެދިފައެވެ.

comment ކޮމެންޓް