ޗައިނާގައި އައިޕެޑަށް ކިޔާނެ ނަމަކާމެދު ތަފާތުވެފައިވާ ހިޔާލަށް ހައްލެއް

ޗައިނާގައި އައިޕެޑް ބޭނުންކުރާ އިރު ކިޔާ ނަމުގެ ކޮޕީރައިޓް މައްސަލައެއް ނުކުންނާތީ، ޗައިނާގައި އައިޕެޑަށް ކިޔާނެ ނަމަކާ މެދު ހިޔާލު ތަފާތުވެގެން އެ މައްސަލަ ކޯޓާ ހިސާބުގައި އޮތުމަށް ފަހު ކޯޓުން ބޭރުގައި މައްސަލައަށް ހައްލެއް ލިބިދާނެކަމަށް މި މައްސަލަ ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ. ޗައިނާ ބަހުގެ ބައެއް ސިފަތަކާ ހުރެ، ޗައިނާގައި ޕްރޮޑަކްޓުތަކަށް ޗައިނާ ބަހުން ނަން ކިޔަން ޖެހެއެވެ. މި ގޮތުން އެޕަލް އިން ހިޔާރު ކުރި ނަމަކީ މީގެ ދިހަވަރައަކަށް އަހަރު ކުރީން ޗައިނާ ކުންފުންޏަކުން ރަޖިސްޓަރީކޮށްފައިވާ ނަމެކެވެ. އެހެން ކަމުން މިއީ ވަރަށް ބޮޑު މައްސަލައަކަށް ވަނީ ވެފައެވެ.

އެޕަލްއިން ވަނީ އެ ނަން ބޭނުންކުރުމުގެ ހައްގު 2009 ވަނަ އަހަރު ހޯދައިފައެވެ. އެހެން ނަމަވެސް ޗައިނާގައި އެ ނަން ބޭނުންކުރުމުގެ ވަކި ހުއްދައެއް ނަގަން ޖެހޭ ކަމަށް ޗައިނާ ކުންފުނިން ދިޔައީ ބުނަމުންނެވެ.

ހިޔާލު ތަފާތުވުމުގައި، އަދި ދެ ފަރާތުން ބަހުގެ ހަމަލާތައް ދިނުމުގައި ދުވަސްތަކެއް ހޭދަވުމަށް ފަހު މައްސަލައަށް ކޯޓުން ބޭރުގައި ހައްލެއް ލިބެން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފެށުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވަނީ ޗައިނާ ކުންފުންޏަށެވެ. އެއީ ރަނގަޅު "ފައިސާ ގަނޑެއް" ލިބޭނެތީއެވެ. -- ބީބީސީ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު