އަރަބިއަން ޓްރެވަލް މާކެޓްގެ 'ބެސްޓް ސްޓޭންޑް ފީޗާ' އެވޯޑު ރާއްޖެއަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އަރަބިއަން ޓްރެވަލް މާކެޓް(އޭޓީއެމް)2023 ގައި ދިވެހިރާއްޖެ ޕްރޮމޯޓުކުރުމަށް ފަރުމާކޮށްފައިވާ ސްޓޭންޑު، އޭޓީއެމްގެ "ބެސްޓް ސްޓޭންޑް ފީޗާ" އެވޯޑް ކާމިޔާބު ކޮށްފިއެވެ.

މި އެވޯޑް ރާއްޖޭއިން ކާމިޔާބުކޮށްފައި ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބޮޑެތި މަންޒިލްތަކުގެ ސްޓޭންޑްތަކާ ވާދަކޮށްގެންނެވެ. މި އެވޯޑަށް ސެކްޝަން ހަދާފައިވަނީ ސްޓޭންޑްތަކަށް ޒިޔާރަތްކުރި ނަން ހާމަނުކުރާ ޖަޖިން ޕެނަލެއް މެދުވެރިކޮށެވެ.

މި އެވޯޑަކީ އެންމެ ތަފާތު ސިފަތައް ހުރި، އަދި ފެއާއަށް
ޒިޔާރަތްކޮށްފައިވާ ފަރާތްތަކުން، އެ ފަރާތްތައް އެންމެ ޝައުގުވެރިވާ ފަދަ ތަޖުރިބާތައް ހުރިކަމަށް ފާހަގަކޮށްފައިވާ ސްޓޭންޑަށް ހުށަހަޅާފައިވާ އެވޯޑެކެވެ. މިއީ އޭޓީއެމް 2023 ގައި މި އެވޯޑްތައް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

އޭޓީއެމްގައި ރާއްޖެ ތަމްސީލުކުރަން ހަދާފައިވާ ސްޓޭންޑް

ދުބާއީގައި ކުރިއަށްދާ މި ފެއާގައި ރާއްޖެ ޕްރޮމޯޓްކުރަމުން ދަނީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރީތިކަން ރަމްޒުކޮށްދޭ ތަފާތު ސިފަތައް އެކުލެވޭ ގޮތަށެވެ. އަދި، ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ރީތިކަން، ފުރިހަމައަށް އިހުސާސްކުރެވޭ ގޮތަށް ފަރުމާކޮށް ބިނާކޮށްފައިވާ ސްޓޭންޑެއްގައެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަފާތުވާ ގިނަ ސިފަތަކެއް މި ސްޓޭންޑުގެ ޑިޒައިންގައި ވަނީ ހިމެނިފައެވެ. މިގޮތުން، 90 ކޯ އެގްޒިބިޓާ ކައުންޓަރާއި 53 ބީ2ބީ މީޓިން މޭޒު ހިމެނޭ ރާއްޖޭގެ ސްޓޭންޑުގައި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ތަފާތު ތަޖުރިބާތަކާ ގުޅޭ ހަރަކާތްތަކާއި ރާއްޖޭއާ ބެހޭ ކުއިޒްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ވެސް ވަނީ ހުޅުވާލެވިފައެވެ.

އޭޓީއެމްގައި ރާއްޖެ ތަމްސީލުކުރަން ހަދާފައިވާ ސްޓޭންޑް

މީގެ އިތުރުން ސްޓޭންޑްގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ އެލްއީޑީ ސްކްރީންތައް ވެސް ހިމެނެއެވެ. ރާއްޖޭގެ ސްޓޭންޑުގައި ހަދާފައިވާ 360 ޑިގްރީ ވީޑިއޯ ބޫތުގައި ވީޑިއޯ ނެގުމަށް ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތައް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރިކަން އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ. އަދި، ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ތަފާތު ހަދިޔާތައް ހިމެނޭ ގިފްޓް ބޭގްތައް ވެސް ހަދިޔާކުރެއެވެ.

އަރަބިއަން ޓްރެވަލް މާކެޓަކީ މެދުއިރުމަތީގެ އިންބައުންޑް އައުޓްބައުންޑް ޓްރެވަލް އިންޑަސްޓްރީގެ ލީޑިން އިވެންޓެވެ. މިދިޔަ ހޯމަ ދުވަހުން ބުރާސްފަތި ދުވަހާ ހަމައަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މި ފެއާގައި އެމްއެމްޕީއާރުސީއިން މި އަހަރު ބައިވެރިވެފައި މިވަނީ މިހާތަނަށް މި ފެއާގައި ރާއްޖެއިން ބައިވެރިވި އެންމެ ބޮޑު ވަފުދާ އެކުއެވެ.

ޓްރެވަލް އަދި ޓޫރިޒަމް ދާއިރާގެ 90 ކުންފުންޏެއް ތަމްސީލުކުރާ 200 އަށް ވުރެ ގިނަ ޕާޓްނަރުން އެމްއެމްޕީއާރުސީއާ އެކު އޭޓީއެމް 2023 ގައި ރާއްޖެ ޕްރޮމޯޓް ކުރަމުންދެއެވެ. މިއީ ދުނިޔޭގެ އެންމެ ޝަރަފުވެރި ފަތުރުވެރިކަމުގެ ލަގަބު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ މަގާމު ޖެހިޖެހިގެން ތިން އަހަރު ކާމިޔާބު ކުރުމަށް ފަހު ރާއްޖެއިން އޭޓީއެމްގައި ބައިވެރިވާ ފުރަތަމަ
ފަހަރެވެ.

comment ކޮމެންޓް