ތޮއްޑޫގައި ވަޅި ހެރި ބިދޭސީ މީހާ ހައްޔަރުކޮށްފި

އއ. ތޮއްޑޫގެ --- ސަން ފޮޓޯ: އަހްމަދު ޝަރުވާން

އއ. ތޮއްޑޫގައި ދެ ބިދޭސީއެއްގެ ދެމެދު ހިނގި މާރާމާރީއާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

"ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ހަތް ދުވަސްވަނީ ބަންދަށް ޖަހައިފައެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޭ 19:15 ހާއިރު މި މާރާމާރީ ހިނގައިފައިވަނީ އެ ރަށު ގިއާޑީނޯ ރެސްޓޯރަންޓު ތެރޭގައެވެ.

https://sun.mv/176633

މި މާރާމާރީގައި އަނިޔާވެ ތޮއްޑޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން އަންނަނީ އުމުރުން 26 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޒަޚަމްވި ބަންގްލަދޭޝް މީހާއަކީ އެ ރަށު ފިހާރައެއްގައި، ސޭޓަކަށް މަސައްކަތްކުރާ މީހެކެވެ. އޭނާއަށް ހަމަލާ ދިންކަމަށް ބެލެވެނީ އިންޑިއާ ފިރިހެނެކެވެ.

comment ކޮމެންޓް