މިފަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި އީދު ދުވަހުގެ ސުފުރާމަތީގެ ފޮޓޯ ފޭސްބުކްގައި ޕޯސްޓްކޮށްގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު, ކަރަންޓް ކުންފުނި ސްޓެލްކޯއިން ހުޅުވާލައިފިއެވެ.
ސްޓެލްކޯއިން ބުނީ އީދު ދުވަހު ސުފްރާމަތީގެ ފޮޓޯ ނަގައި ފޭސްބުކްގައި ޕޯސްޓްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް ފައިސާގެ އިނާމްތައް ކަނޑައެޅިފައިވާކަމަށެވެ.
އެއްވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވާއިރު، ދެވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ފޭސްބުކްގައި ޕޯސްޓް ޝެއާ ކުރާއިރުމަށް ކަނޑައެޅިފައިވާ ހޭޝްޓެގަކީ #stelcoeidmalaafaiy
އެވެ. ސްޓެލްކޯއިން ބުނީ، ވަނަތައް ދޭއިރު ބަލާނީ އެންމެ ގިނަ ލައިކް އަދި ޝެއަރއަށް ކަމަށާއި، ވަނަތައްދޭއިރު، ބަލާނީ އެންމެ ގިނަ ލައިކް އަދި ޝެއަރ ކުރާ ޕޯސްޓައްކަމަށެވެ.
ފޮޓޯ ޕޯސްޓް ކުރެވޭނީ 1444ހ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ ރޭގަނޑު 11:59 އާ ހަމަޔަށްކަމަށް ސްޓެލްކޯއިން ބުނެއެވެ.