އައިޝްވާރިޔާ ރާއީގެ އެނބުރި އައުން

ވިހެއުމަށް ފަހު އައިޝްވާރިޔާ ރާއީ ފިލްމީ ދާއިރާއަށް އެނބުރި އަންނާނީ ކޮން އިރަކުތޯ، މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލެކެވެ. ހަމައެހެންމެ އައިޝްވާރިޔާ ވަރަށް އަވަހަށް މިވެނި ފިލްމަކުން ނުވަތަ އެވެނި ފިލްމަކުން ފެންނާނެޔޭ ބުނާ އަޑުތައް ވެސް ދޭތެރެދޭތެރެއިން ފެތުރެއެވެ. މި ގޮތުން އައިޝްވާރިޔާ ދެން އެންމެ އަވަހަށް ފެންނާނީ ބޮލީވުޑުގެ ސުޕަރ ސްޓާރ ޝާހްރުޚްޚާނާއެކު ސަންޖޭލީލާ ބަންސާލީގެ ފިލްމެއް ކަމުގައިވާ "ބަޖީރަހޯމަސްތާނީ" އިން ކަމަށް ވެސް ދާދި ފަހުން އަޑު ފެތުރުނެވެ. އަދި "ހެޕީބާތުޑޭ" މި ފިލްމުން ޖޯން އަބްރަހަމްއާ އެކު ކަމަށް ވެސް ހަބަރު ފެތުރުނެވެ. އެހެން ނަމަވެސް މިއީ މާ ބޮޑު ހަގީގަތެއް ހުރި ވާހަކަތަކަކަށް ނުވިއެވެ. އެހެން ނަމަވެސް އައިޝްވާރިޔާގެ ފިލްމެއް ވަރަށް އަވަހަށް ނުކުންނަން އުޅޭ ކަމުގެ ހަބަރު ވަރަށް މޫތަބަރުކޮށް މިހާރުދަނީ ލިބެމުންނެވެ.

އައިޝްވާރިޔާ ރާއީގެ ފިލްމަކަށް ދެން އެންމެ އަވަހަށް ނުކުންނާނެ ފިލްމަކީ ރާމް ގޯޕާލް ވަރްމާގެ "ސަރްކާރު 3" އެވެ. މި ފިލްމުން އައިޝްވާރިޔާ (ފޮޓޯގައި) ފެންނާނެ ކަމުގެ އިޝާރާތެއް އައިޝްވާރިޔާގެ ބަފައިބެ އަމީތާބް ބައްޗަން ވެސް ވަނީ ދީފައެވެ.

މި ފިލްމުގައި އައިޝްވާރިޔާއާ އެކު ބަފައިބެ އަމީތާބާއި ފިރިމީހާ އަބީޝެކް ވެސް ހަރަކާތްތެރިވާނެއެވެ. އެހެން ކަމުން މިއީ އާއިލީ ފިލްމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

މި އޮކްޓޯބަރު މަހުގައި މި ފިލްމު ރިލީޒްވެގެންދާއިރު، މި ފިލްމުގައި އައިޝްވާރިޔާ އަދާކުރަނީ ވަރަށް ވެސް ވަރުގަދަ ރޯލެއް ކަމަށް ބޮލީވުޑުގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެއެވެ. ކޮންމެއަކަސް އެންމެ ފަހުގެ ހަބަރުތައް ކަށަވަރުވާނީ އަމީތާބްގެ ޓުވިޓަރ މެސެޖަކުންނެވެ. - ބޮލީގްރާފް
comment ކޮމެންޓް
ގުޅޭ ޚަބަރު