ދާދި ފަހުން އެމްއައިބީއިން ވަނީ އެބޭންކުގެ އިންޓަނެޓްބެންކިން ޕްލެޓްފޯމް ފައިސާނެޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލައިގަތް ބަދަލަކަށްވެފައި އޮތީ ސަލާމަތީގޮތުން މި އިންޓަނެޓް ބޭންކިންގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކެވެ.
ލޮގިންވާ ކޮންމެ ފަހަރަކު އޯޓީޕީ ޖަހަން ޖެހުމާއި، ޕާސްވޯޑު ބަދަލު ކުރާއިރު އޯޓީޕީ ބޭނުންވުމާއި އޯޓީޕީ ޕްރައިމަރީކޮށް ލިބޭގޮތް ބަދަލު ކުރާނަމަވެސް އޯޓީޕީ ޖަހަން ޖެހެއެވެ. އަދި އަލަށް މޮބައިލް އެޕްލިކޭޝަންއިން ލޮގިން ވާއިރުވެސް އޯޓީޕީ ޖަހަން ޖެހެއެވެ. މިހާރުގެ ހާލަތުން މިބަދުލުތައް ވެފައިވަނީ ކަސްޓަމަރުން ބަލައިގަންނަ ބަދަލުތަކެކެވެ.
އޯޓީޕީ ނުވަތަ ވަންޓައިމް ޕާސްވޯޑަކީ މުއާމަލާތެއް ކުރުމަށް ބޭނުންވާ ތަޅުދަނޑިއެވެ. މި ނަންބަރު އެއްވެސް އެހެން ފަރާތަކާއި ހިއްސާނުކުރުން މުހިންމެވެ. އޯޓީޕީގެ މުހިންމުކަން ބޮޑުވުމާއިއެކު، ރައްކާތެރި އަދި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އޯޓީޕީ ހޯދޭނެ މަގުތައް ފައިސާނެޓުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އެސްއެމްއސްގެ އިތުރުން އެމްއައިބީއިން އޯތެންޓިކޭޓާރ އެޕްތައްމެދުވެރިކޮށް އޯޓީޕީ ލިބޭނެގޮތް ފަހިކޮށްދެއެވެ. އެގޮތުން ގޫގްލް ނުވަތަ މައިކޮރޯސޮފްޓް އޯތެންޓިކޭޓަރ ބޭނުންކޮށްގެން ދުނިޔޭގެ ކޮނެމްތާކު ހުންނެވި ނަމަވެސް އޯޓީޕީ ހޯދާ މުއާމަލާތް ކުރެވެއެވެ.
ރައްކާތެރި އޯޓީޕީ ވަސީލަތްތަކުގެ އިތިރުން ފައިސާނެޓަކީ ބޭނުންކޮއްލަން ވެސް ފަސޭހަ ހިދުމަތެކެއެ. އެގޮތުން ޑޭޝްބޯޑުން ޖުމްލަ މުއާމަލާތްތައް ބަލާލެވޭއިރު ބޭންކާއި ސިދާ ޗެޓުކޮއްލެވޭ ގޮތް ވަނީ ހަދާފައެވެ. ބޭންކް ސްޓޭޓްމަންޓް ލެޓަރ ހެޑުގައި ޑައުންލޯޑު ކުރެވޭގޮތްވެސް ވަނީ ހަދާފައެވެ. މީގެ އިތުރުން ބަލާލާން ފަސޭހަ ޑާކްމޯޑް ފިޗާއަކީވެސް ގިނަބަޔަކަށް ކަމުދިޔަ ކަމެކެވ