ރިޔާސީ އިންތިޚާބު މޮނިޓާކުރަން ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

ވޯޓް ގުނުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒާވްކުރަން ބޭރުގެ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

އީސީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު މޮނިޓާކުރަން ބޭނުންވާ ބޭރުގެ މޮނިޓަރުންނާއި އޮބްޒާވަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބު މޮނިޓާކުރަން ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ބޭރުގެ ޖަމުއިއްޔާއަކަށް ނިސްބަތްވާ މީހަކަށް ވުމާއި އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ޕާޓީއަކަށް ތާއީދު ކުރާ މީހަކަށް ނުވުން ހިމެނެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 280،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ.

comment ކޮމެންޓް