ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ އަންނަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފުރަތަމަ ޒަކާތް ބަލައިގަންނަން ފަށާނީ ފައިސާއިން ކަމަށާއި، ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ގަސްތުކުރަނީ ރަމަޟާން މަހުގެ ފަހުކޮޅު ކަމަށެވެ.

ފައިސާއިން ޒަކާތް ދައްކާ މީހުންނަށް އިސްލާމިކް މިނިސްޓްރީއަށް ހާޒިރުވެ އަދި އޮންލައިކޮށްވެސް ޒަކާތް ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ފައިސާ ބަލައިގަތުމަށް މިނިސްޓްރީގައި ޑެސްކު ގާއިމް ކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިވާ މީހުންނަށް ޚާއްސަކޮށްގެންނެވެ. މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 13:00 އަށް އެ މިނިސްޓްރީގެ ހޯލުން ލިބެމުން ދާނެއެވެ.

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން އެބަޔަކު އާންމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންނެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު:
އާދައިގެ ހަނޑޫ - 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ - 84 ރުފިޔާ
ރަތް ހަނޑޫ - 99 ރުފިޔާ
ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ - 84 ރުފިޔާ
ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ - 100 ރުފިޔާ
ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫ - 125 ރުފިޔާ
އާދައިގެ ފުށް - 12 ރުފިޔާ
އާޓާ ފުށް - 75 ރުފިޔާ

ޒަކާތް ދެއްކޭނެ ގޮތްތައް:
ދިރާގު - ދިރާގު ޕޭ
އުރީދޫ - އެމް ފައިސާ
މޯލްޑިވްސް އިސްލާމިކް ބޭންކް - ފައިސާ މޯބައިލް
ބޭންކް އޮފް މޯލްޑިވްސް - ޕޯޓަލް
ފަހިޕޭ - ފަހިޕޭ އެޕްލިކޭޝަން
މިނިސްޓްރީ އޮފް ފިނޭނެސް - ބަނޑޭރި ޕޯޓަލް

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.

comment ކޮމެންޓް