ދިރާގުގެ ޚާއްސަ ހަދިޔާތަކެއް: ބޮޑު އިނާމަކަށް ޢުމްރާ ދަތުރެއް

ދިރާގުން ރަމަޟާން ޕްރޮމޯޝަންތައް ތަޢާރަފްކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ތަފާތު އެކި ޕަކޭޖްތަކާ އަދި އިނާމުތައް ދެއެވެ. އެގޮތުން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް ދިރާގުން ތަފާތު ޕެކޭޖްތަކެއް ތަޢާރަފްކޮށް، ގިނަ އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި ރަމަޟާން މަހު، ދިރާގުން ކޮންމެ ހަފުތާއަކު "ބޮޑު ހަދިޔާ"ގެ ނަމުގައި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދޭން ނިންމާފައިވަނީ "މައިޑިއާ"ގެ އަގުހުރި ހޯމް އެޕްލައިންސް ޕެކޭކެވެ.

މި ޕެކޭޖުން ލިބޭ އިނާމުތަކުގެ ތެރޭގައި މައިކްރޯވޭވް، ދޮންނަ މެޝިނު، އަވަން، އައިސްއަލަަމާރި އަދި ވެކިއުމް ކްލީނާ ފަދަ ތަކެތި ހިމެނެއެވެ. މި އިނާމު ހޯދުމަށް ދިރާގުގެ ކަސްޓަމަރުން އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭއިރު، ދިރާގުގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އޮޓޮމެޓިކްކޮށް މި އިނާމު ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

މި އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށް ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ އެންމެ އަގުހުރި އިނާމަކީ ޢުމްރާ ދަތުރެކެވެ. "ބޯނަސް މެގަ ހަދިޔާ" ގެ ނަމުގައި ދޭ މި އިނާމަކީ ވެސް ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތު ހޮވޭ ކަސްޓަމަރަކަށް ދެވޭނެ އިނާމެކެވެ.

މި އިނާމުތަކުގެ އިތުރުން، ދިރާގުގެ މޯބައިލް އަދި ފައިބާ ބްރޯންޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ ގިނަ ޕްރޮމޯޝަންތަކެއް އެކުންފުނިން ވަނީ ތަޢާރަފްކޮށްފައެވެ. އޭގެ ތެރޭގައި:

  • ޑެއިލީ ގިފްޓް: މިއީ ކޮންމެ ދުވަހެއްގެ ފަތިހު 4:00 އިން ހެނދުނު 9:00 އަށް ކަސްޓަމަރުންނަށް ހާއްސަ ލިމިޓެޑް ޓައިމް އޮފާ އެޑް-އޮން އެއް ކާމިޔާބު ކުރެވޭ. މި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުން ލިބޭ ޚާއްސަ އެޑް-އޮން އެއް ދުވަހަށް ބޭނުންކުރެވޭނެއެވެ.
  • ބޯނަސް ގިފްޓް: ދިރާގު އެޕް މެދުވެރިކޮށް އެޑް-އޮންއެއް ނުވަތަ ބޫސްޓާއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް 24 ގަޑިއިރުގެ މުއްދަތަކަށް އިތުރު ހިލޭ އޮފަރއެއް ލިބޭނެއެވެ.
  • ރޯދަ ހަދިޔާ ފިހާރަ: ދިރާގު އެޕްގެ ޑިޖިޓަލް ރޯދަ ހަދިޔާ ފިހާރައިން ޚާއްސަ އެކްސްކްލޫސިވް އޮފާތަކެއް ހުރިހާ ކަސްޓަމަރުންނަށްވެސް ލިބޭނެއެވެ.
  • ޑަބަލް ޑޭޓާ ބޫސްޓަރ: ރަމަޟާން މަހުގެ ލިމިޓަޑް ޓައިމް އޮފާއެއްގެ ގޮތުން ޚާއްސަ ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓް ބޫސްޓަރ ނަގާ ކޮންމެ ފަރާތަކަށް ވެސް ދެގުނު ޑޭޓާ ލިބޭނެއެވެ.

މި ހުރހާ އޮފާތަކަށް ވެސް ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ސަބްސްކްރައިބް ކުރެވޭނެއެވެ.

މި ޕެކޭޖުތަކުގެ އިތުރުން، މި އަހަރު ވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެއެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް #454* ޖައްސަވައިގެން އެސްއެމްއެސްއިން އަދި ޕޯސްޓްޕއިޑް ކަސްޓަމަރުންނަށް ދިރާގުޕޭ ވެޕް ޕޯޓަލް ނުވަތަ އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

comment ކޮމެންޓް