ސައުދީއަށް ހަނދު ނުފެނުނު، މުލަ ރޯދައަކީ ބުރާސްފަތި ދުވަސް

ކައުބަތުﷲ ގެފުޅު -- ފޮޓޯ/ އޭޕީ

ސައުދީ އަރަބިއާގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް މިއަދު ނިންމައިފިއެވެ.

މުލަ ރޯދަ ދުވަހަކީ ބުރާސްފަތި ކަމަށް ސައުދީ އަރަބިއާއިން ނިންމީ ރޯދަ މަހަށް ހަނދު ސާބިތު ކުރުމަށްޓަކައި ބެލިއިރު، ހަނދު ނުފެންނާތީއެވެ.

ސައުދީ އަރަބިއާގައި ހަނދު ބެލުމުގައި ބޮޑަށް އިސްކަން ދެނީ ހަމަ ލޮލުން ފެނުމަށެވެ. އެހެން ނަމަވެސް ހަމަ ލޮލަށް ހަނދު ނުފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ނަމަ ހަނދު ބަލަން ދިއުމެއް ނޯވެއެވެ.

ހަމަ ލޮލުން ހަނދު ބެލުމުގެ އިތުރުން ފަލަކީ ހިސާބުތަކުން ހަނދު ސާބިތު ކުރުމުގެ އުސޫލެއް ވެސް ސައުދީން ކަނޑައަޅައިފައި ވެއެވެ. މި ގޮތުން އެ ގައުމުގައި އަމަލުކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރިން މާރަހަވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ.

comment ކޮމެންޓް