ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެންމެންނަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި

ހދ. ކުޅުދުއްފުށީގައި އެކްސިޑެންޓު ހިނގި ތަން -- ސަން ފޮޓޯ

ހދ. ކުޅުދުއްފުށީގައި ހަތަރު ސައިކަލެއް އެކްސިޑެންޓުވެ އަނިޔާވެގެން ފަރުވާދިން ހަތަރު މީހުން މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ތިން ސައިކަލެއް ޖެހި އެ އެކްސިޑެންޓު ހިނގީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ހެނދުނެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ "ސަން"އަށް ވިދާޅުވީ އެ އެންމެން ދޫކޮށްލިއިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށެވެ.

https://sun.mv/175122

އަނިޔާވީ އުމުރުން 29 އަހަރާއި 19 އަހަރުގެ ފިރިހެނަކަށާއި 66 އަހަރުގެ ފިރިހެނެއްގެ އިތުރުން 66 އަހަރުގެ އަންހެނަކަށެވެ.

ސީރިއަސް އަނިޔާއެއް ލިބުނީ 19 އަހަރުގެ ފިރިހެން މީހާއަށެވެ. އޭނާގެ ބޮލަށް އަނިޔާވި ނަމަވެސް އޭނާގެ ހާލު ރަނގަޅުވެ، އިތުރު ފަރުވާއެއް ހޯދުމަށް ހޮސްޕިޓަލުގެ ސާޖިކަލް ޑޮކްޓަރު ލަފާ ދީފައިނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ އިތުރުން އެކްސިޑެންޓު ހިނގި މަންޒަރާއި އެކްސިޑެންޓުވީ މީހުންނަށް ލިބުނު އަނިޔާތައް ފެނި ހޭނެތުނު މީހަކަށް ވެސް ވަނީ ފަރުވާދީފައެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާއިިރު މާލޭގައި ވެސް ފާއިތުވި މަސްދުވަހާއި މި މަހު ވެސް ގިނަ އެކްސިޑެންޓުތަކެއް ހިނގައިފައިވެއެވެ.

comment ކޮމެންޓް