ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ ޒޯޔާ

ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން ހޯދަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

'ސަން' އާ ވާހަކަދައްމުން ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ ކުއްޖާ އަކީ ޒޯޔާ ނަމަކަށް ކިޔާ ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ގެއްލިގެން ފުލުހަށް ރިޕޯޓްކޮށްފައިވަނީ ރޭ 19:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް