އެމްޓީސީސީއިން 1400 ހޯސްޕަވަރުގެ ޔަންމާ އިންޖީނެއް ތައާރަފުކޮށްފި

މޯލްޑިވްސް މެރީން އެކްސްޕޯ 2023 ގައި ތަޢާރަފް ކުރި އެމްޓީސީސީގެ އިންޖީނު --- ސަން ފޮޓޯ/ އަޙްމަދު ސަދޫފް

އެމްޓީސީސީއިން ރާއްޖެއަށް 1400 ހޯސް ޕަވަރުގެ ޔަންމާ އިންޖީނެއް ރޭ ތައާރަފުކޮށްފިއެވެ.

އެ އިންޖީން ލޯންޗު ކުރީ މިދިޔަ ބުދަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށި މޯލްޑިވްސް މެރީން އެކްސްޕޯގައެވެ.

އެ އިންޖީނުގެ އިތުރުން އެމްޓީސީސީއިން ވަނީ ރެކްރިއޭޝަނަލް މަސްވެރިކަމަށް ޚާއްސަ ޔަންމާ ބޯޓެއް ވެސް ރޭ ތައާރަފުކޮށްފައެވެ. މި ބޯޓަކީ "އޮފް ޝޯ ޑީޕް ވޯޓާ ފިޝިން"އަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ، ޖަޕާނު މޮޑެލުގެ ބޯޓެކެވެ.

އެމްޓީސީސީއިން ތައާރަފު ކުރި ޔަންމާ ބޯޓު -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީގެ ޔަންމާ އިންޖީނަކީ ތެލުގެ ޚަރަދު ކުޑަ، ގިނަ ދުވަހު ގެންގުޅެވޭނެ ފަދަ އިންޖީނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖެއަށް ތައާރަފުކުރި އެންމެ ފުރަތަމަ އިންބޯޑް އިންޖީނަކީ ޔަންމާ އިންޖީނުތަކެވެ. އަދި އެއީ ރާއްޖޭގެ މާކެޓުގެ 80 ޕަސެންޓު ހިއްސާ ކުރަނީ އެ ބްރޭންޑުގެ އިންޖީނުތައް ކަަމަށް އެމްޓީސީސީއިން ިބުންޏެވެ.

މޯލްޑިވްސް މެރީން އެކްސްޕޯގައި އެކި ކުންފުނިތަކުން ވިއްކާ ރާއްޖޭގެ ނަން މަޝްހޫރު އިންޖީނުތަކާއި، ލޯންޗް، ފެރީ އަދި ޔޮޓް ފަދަ ތަކެތިން ފެށިގެން ކަނޑުގެ އެކި ކަންކަމުގައި ބޭނުންކުރާ އެކި ތަކެތި ލިބޭނެއެވެ. މި އަހަރުގެ އެކްސްޕޯގައި 100 ކުންފުންޏެއްގެ 170 ސްޓޯލްއެއް ވަނީ ބަހައްޓާފައެވެ.

comment ކޮމެންޓް