މޯލްޑްވިސް ސްޕޯޓްސް އެވޯޑްސް: ފުޓްސަލް އާއި ބީޗް ވޮލީ ބާކީކޮށްލައިފައި

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ހާސިލް ކުރި އެޓްރީޓުންނާއެކު ރައީސް ފޮޓޯއަކަށް ހުއްޓި-- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އެވޯޑް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގައި ރާއްޖޭގައި އެންމެ މަގުބޫލު އެއް ކުޅިވަރު، ފުޓްސަލް އާއި ބީޗް ވޮލީ ބާކީ ކޮށްލައިފައިވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުޓްސަލް އަކީ ރާއްޖޭގައި އެންމެ ބޮޑު ހޭދައެއް ކުރާ އެއް ކުޅިވަރެވެ. ނަމަވެސް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ފުޓްސަލްްއަށް އެވޯޑެއް ނެތެވެ.

ފުޓްސަލް ކުޅޭ ޒުވާނަކު ބުނި ގޮތުގައި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކުޅޭ އަދި އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރަކީ ފުޓްސަލް ކަމަށެވެ. އަދި ސްޕޯޓްސް އެވޯޑުގައި ފުޓްސަލްއަށް އެވޯޑެއް ނުދީ ލަސްކުރާ ކުރުމަކީ ފުޓްސަލް ކުޅޭ ޒުވާނުންނަށް ވާ ބޭ އިންސާފެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ޔޫތު މިނސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ސްޕޯޓްސް އެވޯޑްސް ދެނީ ގައުމީ މުބާރާތްތައް ބާއްވާ ކުޅިވަރުތަކަށް އެކަނި ކަމަށެވެ. އަދި ގައުމީ ފުޓްްސަލް މުބާރާތެއް ބޭއްވުމަށް ފުޓުބޯޅަ އެސޯސިއޭޝަނާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުުޓްސަލްގެ ގައުމީ މުބާރާތެއް ރާއްޖޭގައި ނުބޭއްވި ނަމަވެސް ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމު ވަނީ މިދިޔަ އަހަރު އޭޝިއަން ފުޓްސެލް ކޮލިފައިންގެ އިތުރުން އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

މީގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބީޗުވޮލީ ހިމެނިފައި ނުވާތީ، ބީޗުވޮލީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބީޗު ވޮލީއަކީ ދާދިފަހުން ރާއްޖެއަށް ރަން މެޑަލް ގެނައި ކުޅިވަރެވެ.

ބަންގްލަދޭޝްގައި މިދިޔަ ޑިސެމްބަރު މަހު ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގެ, ރަން މެޑަލް ރާއްޖޭގެ, އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިން ރަން މެޑްލް ހޯދުމުން ސަރުކާރުން ވަނީ އެކަން ކުލަ ގަދަކޮށް ފާހަގަކޮށްފައެވެ.

ނަމަވެސް ބީޗު ވޮލީގެ ގައުމީ މުބާރާތެއް ނުބާއްވާތީ ބީޗު ވޮލީ ވެސް ވަނީ އެވޯޑުން ބާކީ ކޮށްލާފައެވެ.

ކުޅިވަރުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑު މި އަހަރުގެ ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި އެކި ކުޅިވަރުތަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވާނެއެވެ. އަދި އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އާއި ހުރިހާ ކުޅިވަރެއް އެއްކޮށް އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ވެސް ހޮވާނެއެވެ.

comment ކޮމެންޓް