ރައީސަށް ތާއިދުކުރުމާމެދު ގޮތެއް ނިންމަން އަދި މާ އަވަސް: އަދާލަތު

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ އަދާލަތު ޕާޓީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރުމާމެދު ގޮތެއް ނިންމަން އަދި މާ އަވަސްކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ މެދު ގޮތެއް ނިންމަން މަޝްވަރާތައް މިހާރުވަނީ ފަށައިފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީން މި މަހުގެ 24ވަނަ ދުވަހު އެ ޕާޓީގެ ކޮންގްރެސް ބާއްވައި ގޮތެއް ނިންމާނެއެވެ.

ނަމަވެސް އަދި އަދާލަތު ޕާޓީން ވަކި ގޮތެއް ނުނިންމައެވެ.

އެކަމާ ގުޅޭ ގޮތުން "ސަން"އިން ކުރި ސުވާލަކަަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ އަދި ގޮތެއް ނިންމަން މާ އަވަސް ކަމަށެވެ.

"އަދި މި 2023ގެ ރިޔާސީ އިންތިޚާބުގައި އެކީގައި މަސައްކަތް ކުރާނެ މީހަކު ނިންމައި މަޝްވަރާތަކާމެދު ގޮތެެއް ނިންމަން މާ އަަވަސް،" ނަޒީރު ވިދާޅުވިއެވެ.

ސިޔާސީ މަސަައްކަތުގައި ވަކި ޕާޓީއެއްގައި ވަކި ލީޑަރަކު ހުރުމަކީ އެކީގައި މަސައްކަތް ނުކުރެވޭނެ ސަބަބެއް ނޫންކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

ޕާޓީއެއް ނުވަތަ ވަކި ލީޑަރަކާއެކު މަސައްކަތްކުރަން ނިންމާއިރު ބަލާނީ އޭގެ ސަބަބުން އަދާލަތަށް ލިބޭނެ ފައިދާއާއި ކުރިއެރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އެ ޕާޓީން ވަނީ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެފައެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭއެވެ. އެކަމަށް ޓަކައި މިހާރު ބައެއް ސިޔާސީ ޕާޓީތަކުން އަންނަނީ ކެމްޕޭންގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް