މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ކުރި މުޒާހަރާގައި ހައްޔަރުކުރި 20 މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި އެހެން އެންމެ ދޫކޮށްލައިފިއެވެ.

އިދިކޮޅުން އިއްޔެ މުޒާހަރާކޮށްފައިވަނީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވާ ވަގުތާ ދިމާކޮށް ރައްޔިތުންގެ މަޖިލިސް ހުންނަ ސަރަަހައްދު ހިމެނޭ، މަޖީދިއްޔާ ސްކޫލް ކައިރީގައެވެ.

އެ މުޒާހަރާގެ ތެރެއިން އިއްޔެ ޖުމުލަ 20 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް ހިމެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި އެހެން އެންމެން ރޭ ދޫކޮށްލައިފައިވާ ކަމަށެވެ. ދޫކޮށްލި މީހުންގެ ތެރޭގައި ޑެޕިއުޓީ މޭޔަރު ނަރީޝް ހިމެނެއެވެ.

އޭނާ ވިދާޅުވީ ދެން ތިބި ތިން މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެދަށުގައި ކަމަށެވެ.

އިދިކޮޅުން އިއްޔެ މުޒާހަރާ ކޮށްފައިވަނީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށްޓަކައި ރައީސުލްޖުމްހޫރިައްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތް ވަގުތުގައެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޞާލިޙުގެ އިސްތިއުފާއަށް ގޮވައި، މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ވެސް ގޮވާލައިފައެވެ.

comment ކޮމެންޓް