މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަނީ ސ. މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް -- ފޮޓޯ/ ފުލުހުން

މާލެގައި ދިރިއުޅޭ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އެގޮތުން ގެއްލިގެން ހޯދަނީ ސ. މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް، 31، ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ 19:30 ހާއިރުކަމަށް އާއިލާއިން ބުނި ކަމަށެވެ. އޭރު އޭނާ ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އާއިލާއިން ބުނެފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

އާސިރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 332211 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް