ނަޑެއްލާގައި މަސް ހިފަން މޫދަށް ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ނަޑެއްލާ. --ފޮޓޯ/އައިލްސް

ގދ. ނަޑެއްލާގައި މަސް ހިފަން މޫދަށް ފޭބި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ނަޑެއްލާ ކައުންސިލް މެމްބަރު ފައިސަލް ނަޖީބް "ސަން"އަށް ވިދާޅުވީ، ގެނބިގެން މަރުވީ އުމުރުން 60 އަހަރަށްވުރެ ދޮށީ މީހެއް ކަމަށެވެ. އޭނާ މިއަދު މެންދުރު ނަޑެއްލާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ނަޖީބް ވިދާޅުވިއެވެ.

ނަޖީބް ވިދާޅުވި ގޮތުގައި، އޭނާ މިއަދު ފަތިސް ނަމާދަށް ފަހު މޫދަށް ދިޔައީ ދަލެއް ހިފައިގެން މަސް ހިފާށެވެ. ނަމަވެސް، މެންދުރު ވީއިރު ވެސް އޭނާގެ ޚަބަރެއް ނުވެގެން އޭނާގެ ދަރީން އޭނާ ހޯދަން ފެށީއެވެ.

"ދަރިން އޭނާ ހޯދަނިކޮށް ފެނުނީ ރަށާ ކައިރިން މޫދުގައި މަރުވެފައި އޮއްވާ،" ނަޖީބް ވިދާޅުވިއެވެ.

އޭނާއަކީ ދޭތެރެދޭތެރެއިން ދާޖަހައިގެން މަސްހިފާ އުޅޭ، ފަތަން ވެސް އެނގޭ މީހެއް ކަމަށް ނަޖީބް ވިދާޅުވިއެވެ.

comment ކޮމެންޓް