ހިޔާ ފްލެޓުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފުލުހުންނަށް ފީޑް ދީފި

އެޗްޑީސީ އިން ފުލުހުންނާ އެކު ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ދިވެހި ފުލުހުންގެ ޙިދުމަތަށް ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމަށް އެޗްޑީސީ އަދި ފުލުހުންގެ ޙިދުމަތުން މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީ އަދި ފުލުހުން މި އެއްބަސްވުމުގައި ސޮއި ކުރުމުން، ހިޔާ ފްލެޓުގައި ހުންނަ ކެމެރާތަކުގެ ފީޑް މީގެ ފަހުން ފުލުހުންނަށް ފެންނާނެއެވެ.

އެގޮތުން މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފްއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

އެޗްޑީސީ އިން ފުލުހުންނާ އެކު ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

މިކަމާ ގުޅިގެން އެޗްޑީސީ އިން ބުނީ ހިޔާ އަކީ ބައިވަރު މީހުން އެއްފަހަރާ އުޅޭ ތަނަކަށް ވުމާއެކު، އެތަނުގެ މޮނިޓަރިން ފަދަ ކަންކަން ރަނގަޅު ގޮތެއްގައި ބެލެހެއްޓޭނީ ފުލުހުންނާ ގުޅިގެން ކަމަށެވެ.

އެހެން ކަމުން އެތަނުގެ ސަލާމަތީ ކަންކަމަށް ބަލާއިރު، ފުލުހުންނަށް ކެމެރާތަކުން އެކްސެސް ދިނުމަކީ މުހިއްމު ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ރިއަލް ޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ.

މިކަމުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ޤާއިމު ކުރުމަށް އެޗްޑީސީއިން ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެއެވެ.

comment ކޮމެންޓް