ޕާކިސްތާނުގެ ކުރީގެ ރައީސް، ޕަރުވޭޒް މުޝައްރަފު އަވަހާރަވެއްޖެ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު --- ފޮޓޯ/ ދަ އެކްސްޕްރެސް ޓްރިބުއން

ޕާކިސްތާނުގެ ކުރީގެ ރައީސް، ޕަރުވޭޒް މުޝައްރަފު މިއަދު އަވަހާރަވެއްޖެއެވެ.

ޕަރްވޭޒް މުޝައްރަފް އަވަހާރިވީ ދިގު މުއްދަތަކަށް އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު ދުބާއީގެ ހޮސްޕިޓަލެއްގައެވެ.

މުޝައްރަފް އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައެވެ. އޭނާގެ ދިރިއުޅުން ދުބާއީއަށް ބަދަލުކުރެއްވީ 2016ވަނަ އަހަރުގެ މާޗު މަހުގެ ތެރޭ، ބޭސް ފަރުވާ ހޯދުމަށް ނަމަވެސް އޭނާގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ދައުވާތަކެއް އުފުލުމުން އަމިއްލަފުޅަށް އެ ގައުމުގައި އަރުވައިލެވިގެން ހުންނެވީއެވެ.

އޭނާ އުފަންވީ 1943 އަަހަރުގެ އޯގަސްޓު 11ގައެވެ. ކަރާޗީގައި ހުންނަ ސެއިންޓް ޕެޓްރިކް ހައި ސްކޫލުން ތައުލީމް ހާސިލްކުރުމަށްފަހު މަތީ ތައުލީމް ހާސިލްކުރެއްވީ ލާހޯރުގައި ހުންނަ ފޯމަން ކްރިސްޓިއަން ކޮލެޖުންނެވެ.

ޕާކިސްތާން ރައްޔިތުންގެ މެދުގައި އޭނާ މަގުބޫލްކަން ހޯދީ އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އޭނާއަށް ހަތަރު ތަރީގެ ޖެނެރަލެއްގެ މަގާމު 1998ވަނަ އަހަރު ދެއްވުމާއެކު، އޭނާ އެ ގައުމުގެ އަސްކަރީ ބާރުތަކުގެ ވެރިޔާއަށްވި ހިސާބުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް