ޓްރީ ޓޮޕުން ލޭޒާއިން އިސްތަށި ނައްތާލުމުގެ ޚިދުމަތް ތަޢާރަފްކޮށްފި!

ޓްރީ ޓޮޕުން ދޭ ލޭޒާ ހެއާ ރިމޫވަލް --- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ލޭޒާގެ ޒަރިއްޔާއިން އިސްތަށި ނައްތާލުމުގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

މި ޚިދުމަތުން މި މަހުގެ އެކަކުން 28 ގެ ނިޔަލަށް 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ.

ލޭޒާ ހެއާ ރިމޫވަލް އަކީ ލޭޒާ ބޭނުންކޮށްގެން އިސްތަށިތަކުގެ ރޫޓްތަކަށް އަމާޒުކޮށްގެން އިސްތަށި ނައްތާލުމަށް ކުރެވޭ މެޑިކަލް ޕްރޮސީޖަރެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މި ޕްރޮސީޖަރުތައް ފުރިހަމަ ކުރުމަށް ބޭނުން ކުރަނީ އަލްމާގެ ހާރމޮނީ އެކްސްއެލް ކިޔާ ޒަމާނީ ވަސީލަތެކެވެ. މި މެޝިނަކީ ހަމުގެ އެކި މައްސަލަތަކަށް ފަރުވާކުރުމަށް ރައްކާތެރި ވަސީލަތަކެވެ.

ލޭޒާއިން އިސްތަށި ނައްތާލުމަކީ ބޭނުން ނުވާ ތަންތަނުގައި ހުންނަ އިސްތަށިތަކުން ސަލާމަތްވުމަށް ދިގު މުއްދަތަކަށް ލިބޭނެ ފައިދާހުރި، ފަސޭހަ ހައްލެކެވެ. މި ޕޮރޮސީޖަރަކީ މާލީ ގޮތުން ހެޔޮ، ކުޑަ ވަގުތުކޮޅެއް ނަގާ ކަމަކަށް ވާތީ ގިނަ ބަޔަކު އެކަން ކުރެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާމަޓޮލޮޖީ އެންޑް ވެނިރިއޮލޮޖީ ޑިޕާޓްމަންޓުން ހަންގަނޑާއި، އިސްތަށިގަނޑުގެ ބަލިތައް ދެނެގަނެ ފަރުވާދެއެވެ. އަދި ހޮސްޕިޓަލުގެ ސްޕެޝަލިސްޓުން ކޮންމެ މެހެމާނުންނަކަށް ވެސް ހާއްސަކަމެއް ދީގެން އެ މީހަކާ ގުޅޭނެ ފަރުވާ ފޯރުކޮށްދޭނެއެވެ.

ޓްރީޓޮޕްގެ މި ޑިޕާރޓްމެންޓުގައި ރޫޓިން ނުވަތަ މަދުން ނޫނީ ނުފެންނަ ހަމުގެ ބަލިތަކަށް ފަރުވާދިނުމަށް ވެސް އެންމެ އެކަށޭނެ، އެފަދަ ގާބިލް ޑޮކްޓަރުންގެ ޓީމެއް މަސައްކަތް ކުރެއެވެ. އެގޮތުން މި ހިދުމަތްތައް ފޯރުކޮށްދޭނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ބެލުމުގެ ދަށުންނެވެ.

މި ޙިދުމަތްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ގުޅާ ނުވަތަ [email protected] އަށް އީމެއިލް ކުރެވޭނެއެވެ.

comment ކޮމެންޓް