އުރީދޫ އެމްފައިސާ ބޭނުންކޮށްގެން 11،000 ރުފިޔާއަށް ވުރެ ބޮޑު ޑިސްކައުންޓެއް

އުރީދޫ އިން ކުރިއަށްގެންދާ ޕްރޮމޯޝަން --- ފޮޓޯޯ/ އުރީދޫ

އުރީދޫ މޯލްޑިވްސް އާއި ކިންގްސްޓަން މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއްގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ސްކޫޕީ ސައިކަލަށް ފައިސާ ދައްކާ ފަރާތްތަކަށް 11،899 ރުފިޔާގެ ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކިންގްސްޓަން ޝޯރޫމުން ސްކޫޕީ 2023 މޮޑެލް ސައިކަލަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 11،899 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ.

މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި އޮފާގެ ދަށުން ކަސްޓަމަރުން ފައިސާ ދައްކާ ސައިކަލް 99 ދުވަސް ތެރޭ ކިންގްސްޓަން އިން ޑެލިވާ ކޮށްލަދޭނެއެވެ.

މީގެ އިތުރުން އުރީދޫ އިން ވަނީ އެފްއެސްއެމް ޕެޓްރޯލް ސްޓޭޝަންތަކުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމުން ސްކޫޕީ ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ.

އެގޮތުން މި މަހު 14ގެ ކުރިން އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓާ ކުރާނެ ގޮތް:

1- އުރީދޫ އެޕް ޑައުންލޯޑްކުރައްވާ
2- އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
3- މައުލޫމާތު ފުރިހަމަ ކުރެއްވުމަށް ފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
4- މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ
5- ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
6- ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެއެވެ. އަދި ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައް ވެސް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް