އުރީދޫއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ނިންމައިފި

މިދިޔަ އަހަރު އުރީދޫއިން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން ---

އުރީދޫ މޯލްޑިވްސްއިން ކޮންމެ ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ނިންމައިފިއެވެ.

އުރީދޫއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ދޭނެ މިންވަރު ނިންމާފައިވާ އިރު، އެއީ މިދިޔަ އަހަރު ދިން އަދަދަށް ވުރެ 34 ލާރި އިތުރު އަދަދެކެވެ. އެގޮތުން 2021 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް ބެހީ 2.70 ރުފިޔާއެވެ.

އުރީދޫގެ ހިއްސާގެ ގޮތުގައި ދޭ ފައިސާ ލިބޭނީ މި މަހުގެ 16ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ. އަދި އެ ފައިސާ ދޭނީ، ހިއްސާއަކަށް ބަހާނެ މިންވަރު ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވެސް ފާސްކުރުމުންނެވެ.

އެ ޖަލްސާ ބާއްވާނީ އަންނަ މަސް ތެރޭގައެވެ.

އިއްޔެގެ ބައްދަލުވުމުގައި އުރީދޫއިން ވަނީ، މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް އަންނަ އަންގާރަ ދުވަހުގެ ކުރިން ޝާއިއު ކުރާން ނިންމާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް