ފޮރިން މިނިސްޓަރު ޝާހިދު ލަންކާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގަތުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީލަންކާއަށް މިއަދު ވަޑައިގެންފިއެވެ.

ލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީގެ ދަޢުވަތަކަށް މިނިސްޓަރު ޝާހިދު ކުރައްވާ މި ދަތުރުފުޅާ ބެހޭގޮތުން ފޮރިން މިނިސްޓްރީން ބުނީ މިއީ ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ޝާހިދު، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި އެ ގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާގެ އިތުރުން އަލީ ސަބްރީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓީން ބުންޏެވެ.

ޝާހިދުގެ މިދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް