ސިފައިން ހަތިޔާރާއެކު މާލޭ ސަރަހައްދުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަނީ

ސިފައިން މީގެ ކުރިން ހަތިޔާރާއެކު މާލޭގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ

ދިވެހި ސިފައިންނާއި އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާ ގުޅިގެން މާލޭ ސަރަހައްދުގައި ތަމްރީނުތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންދާނީ މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެމްއެންޑީއެފުން ބުނީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި އެމްއެންޑީއެފް ގުޅިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެއާއި ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެކިއެކި ސަރަހައްދުތަކުގައި ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

"މި ހަރަކާތްތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާނެ،" އެމްއެންޑީއެފުން ބުންޏެވެ.

މި ޓްރެއިނިންއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް