ނުރޮއި ފިޔާ ކޮށާނީ ކިހިނެއް؟

ފިޔަލަކީ ދިވެހިންގެ ކެއުމާ ވަރަށް ގާތް އެއްޗެކެވެ. ދިވެހިންގެ ހުރިހާ ކެއުމަކަށް ހެން ފިޔާ ބޭނުން ކުރެއެވެ. ފިޔާ ކޮށާއިރު ލޮލުން ފެން އައުމަކީ ގިނަ ބަޔަކަށް އުނދަގޫ ވާ ކަމެކެވެ. ނަމަވެސް ރުއިމަކާ ނުލައި ވެސް ފިޔާ ކޮށިދާނެކަން އެނގޭ ހެއްޔެވެ؟

ފިޔާ ކޮށާއިރު ގިނަ މީހުންނަށް އޭގެ ސަބަބުން ލޯ ހިރުވައި ލޮލުން ފެން އަންނަ ގޮޮތް ވެއެވެެ. ފިޔާ ކޮށާއިރު އޭގައި ހިމެނޭ މާއްދާއެއް ކަމަށްވާ ލެކްރިމޭޓާ ބޭރުުވެއެވެ. މި މާއްދާއަކީ ލޮލުގެ ލެކްރިމަލް ގްލޭންޑަށް އަސަރު ކުރާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ލޮލުން ފެން އަންނަ ގޮތް ވެއެވެ.

ފިޔާ ކޮށާއިރު އެއިން ލޮލަށް ކުރާ އަސަރު ކުޑަ ކުރުމަށް އެކި މީހުން ތަފާތު ކަންތައްތައް ކުރެއެވެ. އޭގެތެރޭގައި އެއްބައި މީހުން ތަފާތު އެކި ގޮގްލްސް ވެސް އަޅައިގެން އުޅެއެވެ. ނަމަވެސް މިހާރު ވައިރަލް ވެގެން އުޅޭ ހެކެއްގައި ބުނަނީ އެންމެ 30 ސިކުންތު ތެރޭގައި މި މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ.

ފްރޮމް މައި ލިޓްލް ކިޗެން ނަމަކަށް ކިޔާ ޕޭޖަކުން ސޯޝަލް މީޑިއާއަށް އާންމުކުރި ވީޑިއޯއެއްގައި ބުނަނީ ފިޔާ ކޮށާ އެ ހެކުން ކަރުނައަށް ހައްލެއް ލިބޭނެ ކަމަށެވެ.

މެލާނިއާ ލައިނެލޯ ނަމަކަށް ކިޔާ ލިޔުންތެރިޔެއް އަދި ނިއުޓްރީޝަނިސްޓެއް އާންމުކުރި ވީޑިއޯގައި ދައްކަނީ ފިޔާގެ ބުޑު ނުވަތަ މޫ ހިމެނޭ ބައި ކޮށައި ލުމުގެ ބަދަލުގައި މިބައި ބައިންދައިގެން ފިޔާ ޑައިސް ކުރާ މަންޒަރެވެ. މީގެ ސަަބަބުން ލޮލުން ފެން އައުން ހުއްޓިފައިވާ ކަމަށް މެލާނިއާ ބުނެއެވެ.

މި ވީޑިއޯ ވައިރަލް ވިއިރު އެއްބައި މީހުންނަށް މިއީ ކުރިން އެނގިފައިވާ ހެކެކެވެ. އެމީހުން ބުނަނީ މިއީ މަސައްކަތް ކުރާ ހެކެއް ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އެ މީހުން ފިޔާ ކޮށުމުގެ ކުރިން ފެނުގައި މިނެޓެއް ވަރު ބަހައްޓަނީއެވެ. އެއަށްފަހު ކޮށާއިރު ލޮލުން ފެން ނާންނަ ކަމަށް އެއް ބަޔަކު ބުނެއެވެ.

comment ކޮމެންޓް