އަލިފާން ކޮކާލެއްގެ ލޯބި 29

"ގުރުއާން ހިތު ދަސްކުރަން ފެށުމުން ސިކުނޑިއަށް ލިބޭ ތަސައްލީއަކީ ކަރާމާތެކެވެ. އެންމެ އާޔަތެއް ދަސްކުރަން މަސައްކަތްކުރިޔަސް ވަގުތުން ސިކުނޑީގައިވާ އުދާސްތައް ފިލައިގެން ހިނގައިދާނެއެވެ."

***

ދާނިޔާ ތަހައްޖަދު ނަމާދުކޮށްގެން ދުޢާކުރަން އަތް އުފުލާލައިގެން އިންއިރު ކޯތާފަތްމަތިން ކަރުނަތިކިތައް ދެމެމުން ދިޔައެވެ. އޭނަ އެހީތެރިކަން ހޯދަން އިތުރު އެއްވެސް ފަރާތެއްނުވާކަން ގަބޫލުކުރާ ހާލުގައި އެހީތެރިކަމަށް އެދުނީ ޚާލިގުވަންތަ ﷲގެ ހަޟުރަތުންނެވެ.

ދުޢާކޮށް ނިމިގެންގޮސް އެނދަށް އެރިތަނާ ވައިބާއިން މެސެޖެއް އައުމުން ފޯނުނެގިއެވެ. އަދާރާގެ މެސެޖަށް ޖަވާބުދިނުން ފަސޭހަނުވިޔަސް ހިތަށް ލުޔެއް ލިބޭނީ އެކުވެރިޔާއާއި ވާހަކަދައްކާލެވުމުންނެވެ.

"އެއީ ތެދެއްތަ؟ ދާނީ ހުސާމްއާއި ކައިވެނިކުރަން އެއްބަސްވީތަ؟ ގަބޫލުކުރީއެއްނޫން އެކަމަކު އެ ފިރިހެނާ އަހަރެން ރުޅި އަރުވައިލަން ބުނި އެއްޗެއްކަން ޔަގީން.."

"އޭނަ އެބުނީ ދޮގެއްނޫން. އެއްބަސްވިން..."

"ކީއްވެ ދާނީ؟"

"އައްޔާޝް ފުރައިގެން ހިގައްޖެ. އޭނަ ބޭނުމެއް ނޫނޯ ކައިވެނިކުރަން..."

"އަހަރެން ހެދިހެން އައްޔާޝް ދާނީ ދޫކޮށްލީމަ އޭނަގެ ކޮއްކޮއަކާއިއެކު އިންނަނީ ބަދަލުހިފަން؟ އަހަރެންގެ އަމިއްލަ ނަފުސްގެ އަގެއްނެތަސް ދާނީ ތިވަރުގެ ކަމެއްކޮށްފާނެކަމަށް ހިޔެއްނުކުރަން...ސަބަބަކީ ދާނީ ވަކާލާތުކުރީމެއްނު. ދެކޮޅުހެދީމެއްނު. ﷲއަށްޓަކާ ލޯބިވާ މީހެއްނަމަ ހިތާމަނުކުރާނެއޭ. ކެތްތެރިވާށޭ. ދާނީ ކިހިނެއް ތިހެދީ؟ އައި ޑިޑްންޓް އެކްސްޕެކްޓް...ދާނީ ނޫން އެހެން ކުއްޖެއްނަމަ އޯކޭ. އެކަމަކު ދާނީ ހުސާމްކަހަލަ މީހަކާއި ނުވެސް ގުޅޭ. އެހެންނޫނަސް އަހަރެންގެ އެކުވެރިޔަކު ތިހެން ހެދީމަ ހިތަށް އަރަނީ............ޖެނުއިން ފްރެންޑެއްނަމަ ތިގޮތަށް ނަހަދާނެއޭ.........."

"އަދާ. ކޮންމެ މީހަކަށްވެސް މަޖުބޫރީ ހާލަތެއް މެދުވެރިވެދާނެ...އައި އާސްކްޑް ﷲ ފޯ ހެލްޕް. ބުނެއެއްނު ދުޢާ ކުރާށޭ ހީ ކެން ޓާން ދަ އިމްޕޮސިބްލް އިންޓު ޕޮސިބްލް. އަހަންނާއި އަދާއަށް ކުރެވުނީ ހަމަ އެއްފަދަ ހިތި ތަޖުރިބާއެއް.އެކަން އިހުސާސްކުރެވޭނީވެސް އަދާއަށް. އެފަދަ ކަމަކާއި ކުރިމަތިލާން ޖެހުނު މީހަކަށް ނޫނީ އެ ހިތްދަތިކަން އެނގޭނެތަ؟އިތުރަށް ބުނާނެ އެއްވެސް އެއްޗެއްނެތް. އައިމް ސޮރީ އަދާ..."

"ތިގެއަށް އެބަދަން ދާނީ. އަހަރެން ދުނިޔޭގައި ހުއްޓާ ތިކަން ވިޔަކަނުދޭނަން. އެއީ ހަމަ ޑެވިލްއެއް. ތިއީ އެކަހަލަ ޑެވިލްއަކާއިއެކު އުޅޭވަރަށްވުރެ އިނޮސެންޓް އަންހެންކުއްޖެއް. އަހަރެންގެ ކުރިމަތީގައި ދާނީގެ ދިރިއުޅުން ބަރުބާދުކުރާތަން ދެކެން ބޭނުމެއްނޫން... މޭ ﷲ ބްލެސް ޔޫ..."

ދާނިޔާ އިތުރު އެއްޗެކޭ ނުބުނެ ފޯނު ބޭއްވިއެވެ.

***

ހުސާމް ކައުޗްގައި ދެމިލައިގެން އޮތްއިރު އޭނަގެ ތުންފަތުގައިވަނީ ހިނިތުންވުމުގެ އަސަރެވެ. އޭނަގެ މޮޅު ރޭވުންތެރިކަމަށް ޝުވޭކާރު ސާބަސްދިނެވެ.

"ސީރިޔަސްކޮށް އެވަގުތު ވީޑިއޯއެއްވެސް ނެގީ އޭނަ ޝޮކެއްގައި ހުރިވަރު މަންމައަށް ދައްކައިލަންވެގެން. އެކުއްޖާފުޅު ހުރިތަނަށް ފެއިންޓްނުވީ ކިރިޔާ. މިނި ހާޓްއެޓޭކެއް ޖެހިފައި ހުރީ. އެހާވެސް ބިރުގަންނަވައިލިން. ދެން އެހެންވެ ބުނަނީ އަޅުވެރިކަމަށް ހެދިގެން ހެއްދެވިފަރާތް ނޫނީ ބިރުނުގަންނަކަމަށް ކިޔާ ރޫހާނީ ކުދިންވެސް ހަމަ ތިބެނީ މީހަކާއި ޖެހުނީމަ ވިރިގެން ބިމަށް ފައިބާފައި. އެކަމަކު ފަހުން ވިސްނުނީ މިހެދުނީ ރަގަޅަށް ނޫންކަން...ދޮންބެއަށް އެނގުނީމަ އަހަރެންދެކެ ރުޅި އަންނާނީ. ސޯ އެހެން އައިޑިއާއެއް އެބައޮތް މަންމާ..."

"ސޭމް މޮޅުވާނެ. ކޮންމެ ގޮތެއް ހަދާފައިވެސް ބައްޕަގެ ދުޝްމިނުން މި އާއިލާތެރެއަށް ވަދެ މަސްލަހަތާއި ހަމަޖެހުން ނަގާލިޔަނުދޭންވީ..."

"އޭނަ އާއި އާއިލާ ގައުމުން ބޭރުކޮށްލާނީ. އެމީހުން އުޅެން ރަގަޅުވާނީ އަފްގާނިސްތާން ކަހަލަ ގައުމެއްގައިހެން ހީވޭ..."

"އަރަބި ގައުމަކަށް ކިޔައްވަން ފޮނުވައިލާނީ. ފައިސާ ދިނީމަ އެއްބަސްނުވާނީ ކާކު؟ ބްލޭންކް ޗެކެއް ގެންގޮސް ޔާސިރު އަތަށް ދީފައި ބުނޭ އާއިލާ ސަލާމަތްކުރަން ބޭނުމިއްޔާ ފުރައިގެން ބޭނުން ގައުމަކަށް ދާށޭ..." ޝުވޭކާރު އިރުޝާދުދިނެވެ.

"ޝުއަ މަމް..ލަވް ޔޫ....."

"ލަވް ޔޫ ޓޫ މައި ސަން. އައިމް ސޯ ޕްރައުޑް އޮފް ޔޫ ދަރިފުޅު..."

***

އައްޔާޝް ހޭލެވުނުއިރުވެސް ސިކުނޑީގައި ފިނިހިފާފައިވާ ފަދައެވެ. ބޮލަށް އެނބުރުން އަރާ ގަނޑުވެފައިވާފަދަ އިހުސާސެއްކުރެވުމުން ތެދުވުނުގޮތަށް އަވަސްވެގަތީ ފެންވަރައިލުމަށެވެ. ރަޖާ އަޅައިގެން އޮތުމުން ފިނީގެ އަސަރު ކުޑަވެފައިވިނަމަވެސް އޭނަ ފެންވަރައިލީ ހޫނުފެނުންނެވެ. ތައްޔާރުވެލައިގެން ނުކުތްއިރު ދޮރުމަތީގައި ޔުނިފޯމްގައި ހަތިޔާރު އަޅައިގެން ތިބި ސިފައިންނެވެ. އެމީހުން ކައިރިން އެހުމުން ބުނީ އެ އާއިލާގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހުނީ ލިބުނު މަރުގެ އިންޒާރަކާއި ގުޅިގެންކަމުގައެވެ. އެހެންވެ އެއްވެސް މީހަކަށް ގެއިން ބޭރަށް ނިކުތުމުގެ ހުއްދަނެތްކަމަށް ބުނުމުން ހިތްހަމަނުޖެހުމާއެކު އެ ފާރަވެރިންނާއި ވާހަކަދައްކަން އައްޔާޝް ފެށިތަނާ އޭނަގެ މަންމައާއި މާކް އަދި މިނަލްވެސް އެތަނަށް އައެވެ.

"ދަރިފުޅު. ސަލާމަތީ ފައުޖުން އޯކޭ ދިނީމަ ނޫނީ މަންމަމެންނަށް މިތަނުން ބޭރަށް ނުކުތުމުގެ ހުއްދައެއްނެތް. އަޔާވެސް އެމީހުން ބުނާގޮތަށް ހަދާ.. އާރިސްގެ ހާލުވެސް ސްޓޭބަލްކަމަށްވަނީ. ކުޑަދޮރުން ފުންމައިލުމުން ޚަބަރުހުސްވިޔަސް ފަހުން މާބޮޑު އަނިޔާއެއް ނުވާކަން އެނގުނު. އެހެންވީމަ ސިކިއުރިޓީއިން ބުނާ އެއްޗެއްގެ އިންތިޒާރުގައި މަންމަމެންވެސް މިތިބީ........."

"އެންމެ ރަގަޅު. ކިހާއިރެއްވާނެ؟" އައްޔާޝްގެ ހިތުގައި ޝައްކާއި ވަހުމް އުފެދެންފެށިއެވެ.

"އެހެން ބުނާކަށް ނޭގޭ..."

އައްޔާޝް އިތުރު އެއްޗެކޭ ނުބުނެ ގޮސް އެއްފަރާތުގައި ހުރި އާފަލު ހިޔަލުގައި ހުރި ބެންޗެއްގައި އިށީދެ ގަޑިއަށް ބަލައިލިއެވެ. އަދި އެބުނާ ގަޑިއަކަށް އިންތިޒާރުކުރަން ފެށީ ބޭގަރާރު ކަމާއެކުގައެވެ. އޭނަގެ ދުޢާއަކީ ދާނިޔާއާއި އާއިލާ ސަލާމަތުން ލެހެއްޓެވުމެވެ.

"ސޭމް ކޮބާ؟" އައްޔާޝް އެހިއެވެ.

"ސޭމް ރާއްޖެ ހިގައްޖެ. ކޮންމެވެސް ރިޒޯޓެއްގައި އޮތް ވިޔަފާރިވެރިއެއްގެ އުފަން ދުވަހަށްޓަކާ ހޮލީވުޑްއިން އެތައް ތަރިންނާއި މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑްތަކަށްވެސް ދައުވަތު ލިބިފައިއޮތީ. އެހެންވީމަ ސޭމް އެފުރުސަތު ދޫކޮށްލާކަށް ބޭނުމެއްނުވި. މުނިފޫހިފިލުވާދިނުމުގައި ސޭމްއަކީ ހަމަ އެއްވަނަ. މަންމަ ވަަރަށް ފަޚުރުވެރިވޭ...." ޝުވޭކާރު އައްޔާޝް ގާތު އިށީދެލަމުން އެމޫނަށް ބަލައިލީ ފަރުވާތެރިކަމާއެކުގައެވެ. އެހިތުގައި ހިނގަމުންދާ ޝުއޫރުތައް ދެނެގަންނަން އޭނަވެސް ނުކުޅެދުނެވެ. އެމީހުންގެ ރޭވުންތެރިކަން އައްޔާޝްއަށް ފަޅާއެރިކަމެއް ނޫންކަމެއްވެސް ނޭގުނެވެ. އައްޔާޝް ވާހަކަދައްކާނެ މޫޑެއް ނެތްކަމުން އެކަމާއި ބެހޭގޮތުން ޚިޔާލު ހުރިގޮތާއިމެދު ބަހުސް ކުރުން ފަސްކޮށްލިއެވެ.

***

ހުސާމް ކައުޗްގައި ނިދާލާފައި އޮވެފައި ލޯ ހުޅުވައިލިއިރު ކުރިމަތީގައި ހުރި ޖުއާނާ ފެނުމުން ހުވަފެނެއްކަމަށްވެސް ހީކުރެވުނެވެ. "ޖޫނީ ކީއްކުރަން ތިއައީ؟"

"ދެވަނަ އަނބީގެ ކައިވެނިކުރާހިނދު ސޭމް ދެކެން ކުރިމަތީގައި ހުންނަން ބޭނުންވާތީ...."

"ޖޫނީ...އެއީ އަހަރެންކޮށްލި ސަމާސާއެއް. ހަގީގަތެއްނޫން. އަހަރެން އެހެން މީހަކާއި ނީންނާނެކަމާއި މުޅި އުމުރަށް ޖޫނީގެ މީހެއްކަން ރަގަޅަށް އެނގޭނެ. ސަމާސާއެއްކޮށްލިޔަސް އަދި ގަބޫލުކުރާނެ. ނުވީތާކަށް ތިހިރީ މާލެއައިސް...ކީކޭ ބުނާނީ...ސްޓުޕިޑް...."

"ސޭމްއާއި މަންމައާއި ދެމީހުންވެގެން ދޮންބެއާއި ދާނިޔާ ވަކިކުރަން ކުޅުނު ކުޅިގަނޑު އަހަންނަށް އެނގިއްޖެ.."

"ކިހިނެއް އެނގުނީ؟" ހުސާމް ލޯ ހަނިކޮށްލިއެވެ.

"މާކް ސިއްރުން އަޑުއަހަން ހުރީ...."

"އޯ......" ހުސާމްގެ ނިތަށް ރޫތައް ގިނަވެއްޖެއެވެ. "އެކުޑަ ކުޑަ ބްރެޓް........"

"ސޭމްވެސް ދެން އަންހެން ކަންތައް ކުރަން ތިފެށީ. ގުޅިގެން އުޅޭބަޔަކު ދުރުކުރަން ފާޑުފާޑަށް ޕްލޭންތައް ރޭވުމުގެ މަގުސަދެއް ނޭގޭ. އަޔާފަދަ އަޅުވެރި ދީނީ ޒުވާނަކާއި ދާނިޔާ ކަހަލަ ކުއްޖެއް ގުޅޭނީ..."

"ޖޫނީއަކަށް ނޭގޭނެ. އެއީ ބައްޕަމެންނާއި ދެކޮޅު އަދާވާތްތެރިއެއްގެ ދަރިއެއް. އެހެންނޫނަސް ދޮންބެގެ ބްރެއިންވޮޝްކޮށްގެން އާއިލާއާއި ވަކިކުރުވާ އެންމެފަހުން ޖިހާދަށްކަން ނޭގޭ ފޮނުވަން އެއުޅެނީ. އެފިކުރަށް ވަދެގެން ދޮންބެއާއި މަންމަމެން އަބަދު ކޮންމެވެސް ބަހުސެއްގައި ތިބެނީ. އަހަންނާއި ވާހަކައެއް ދެއްކިޔަސް މުޅިންވެސް އޮންނަނީ ދަރުސް. އެ އުފާވެރި މަޖާ އަޔާ ގެއްލި ބަދަލުގައި އެހެން މީހެއް އައިސްގެން އުޅޭފަދަ އިހުސާސެއް މަށަށް ކުރެވެނީ..މިވީގޮތުން މަންމައާއި ޑިސްކަސްކޮށްލަން ޖެހޭ..." ހުސާމް ފޯނުހިފައިގެން ދުރަށް ދާން ހިނގައިގަތެވެ.

***

އައްޔާޝްއަށް މާލެ އާދެވުނުއިރު ޝޭޚު ޔާސިރުގެ އާއިލާ ފުރައިގެން އަރަބިގައުމަކަށް ފުރަން އުޅޭކަން އެނގުމުން ހައިރާންވިއެވެ. ދާއޫދުއާއި ބައްދަލުކުރުމުން ބުނީ ދާނިޔާ އިސްލާމިކް ސްޓަޑީޒް އިން މާސްޓާސް ހަދަން ބޭނުންވެގެން އާއިލާ އެއްކޮށް އެކޮޅަށް ބަދަލުވަނީކަމަށާއި މިވަގުތު ކައިވެނިކުރަން ދާނިޔާ ބޭނުންނުވާ ކަމުގައެވެ. ދާނިޔާއަށް އިންޒާރު ދީ އައްޔާޝްއާއި ރުޅިވާން މަޖުބޫރުކުރީކަން ނޭގިހުރުމުން އައްޔާޝް އިންތިހާއަށް ދެރަވިއެވެ. އެހާ އަޅުވެރި އަންހެންކުއްޖަކު ހަޔާތުގެ ބައިވެރިއަކަށް ވުމަކީ އޭނަގެ އެދުމެވެ. ދާނިޔާ ހެދިގޮތުން އަންހެނުންދެކެ ފޫހިވާގޮތްވެސްވިއެވެ. ނަމަވެސް އެކަމާއި ހިތާމަކުރުމުގެ ބަދަލުގައި އައްޔާޝް ވަގުތުހޭދަކުރަން ފެށީ އިސްލާމީ އިލްމު އުނގެނުމުގައެވެ. އަދި ޓީވީ ޗެނެލްއެއް ހުޅުވައިގެން އެހެންމީހުންނަށް ދީނަށް ދައުވަތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމިއެވެ.

***

ދެއަހަރު ފަސް

އާރިސްގެ ބަލި ރަގަޅުވެގެން އެނބުރި އަންނަން އުޅޭ ޚަބަރުލިބުމާއެކު އަދާރާގެ ހިތަށް ބިރުވެރިކަން ވަނެވެ. މި ދެއަހަރު ދުވަހުގެ ތެރޭގައި އޭނަ ޗެރީވުޑް ޕެލެސްގައި އުޅުނީ މިނިވަން ދޫންޏެއްހެން އުފަލުންނެވެ. އެއްވެސް ބަޔެއްގެ އުދަގުލެއްނުޖެހި އެކަނިމާއެކަނި ކަހަލަ ގޮތަކަށެވެ. ރައީސްގެ ދެމަފިރިން ގޭގައި ތިއްބަސް ގެއިން ފެންނަނީ މަދުފަހަރެއްގައެވެ. ރަސްމީ ދަތުރުތަކުގައި ނޫނީ އެހެން ކޮންމެވެސް ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ. ނޫނީ ވަޒީފާތަކުގައެވެ. ހުސާމްއާއި ޖުއާނާވެސް އޭރު ފުރިގޮތަށް މާލެ އަންނަން ޚިޔާލެއްނުކުރިއެވެ. ޖުއާނާއަށް ދަރިއަކު ލިބުނުކަން އެނގުމުންވެސް ސަޕްރައިޒް އަކަށްވިއެވެ. ޖުއާނާ ބަލިވެއިންކަން ނޭގި އެއްމާބަނޑުދެކުދިން ލިބުނީއެވެ.

އަދާރާ ފެންވަރާލުމަށް ފަހު ގަޔަށް ދޫކޮށް އޮތް ހެދުމަކާއި ބޮޑުބުރުގާއެއް އެޅިއެވެ. މޮއިސްޗަރައިޒާއެއް ލުމުން މޫނު އޮމާންކަމުން ވިދަންފެށިއެވެ. އިތުރު މޭކަޕެއް ކުރަން އޭނަ ބޭނުމެއްނުވިއެވެ. މިދެއަހަރުތެރޭ އޭނަގެ ހެދުންތަކަށް އަނެއްކާ ބަދަލުއައިސް ހެދުންތައް ދިގުކޮށްލާ ނިވާކަން ބޮޑުކޮށް ބުރުގާވެސް އަޅައެވެ. ފެންޑާއަށް ނުކުތްއިރު ފެނުނު މަންޒަރަކުން އޭނަ ކަންބޮޑުވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު