ވިލާ ހަކަތައިން ކޮލޮރައިޓް ކޯޓެޑް ރޫފިން ޕްރޮޑަކްޓްސް މާކެޓަށް ނެރެފި

ވިލާ ހަކަތައިން ރާއްޖެއަށް ތައާރަފް ކުރި ޕްރިމިއަމް ކޮލޮރައިޓް ކޯޓެޑް ވިލާ ރޫފިންގ --- ފޮޓޯ/ ވިލާ ހަތަކަ

ވިލާ ރޫފިން ޝީޓްގެ އާ ވައްތަރެއް ކަމަށްވާ "ޕްރިމިއަމް ކޮލޮރައިޓް-ކޯޓިން"ގެ ވިލާ ރޫފިން ޕްރޮޑަކްޓްސްތައް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ވިލާ ރޫފިން ޝީޓްތަކަކީ، އާއްމު ފުރާޅު ޝީޓްތަކަށްވުރެ ދިގު މުއްދަތަކަށް ހުންނަ ހޮޓްރޯލް ފޯމް ޕްރޮސެސް މެދުވެރިކޮށް އުފައްދާ ޝީޓެކެވެ. ވިލާއިން މި ޝީޓްތައް ބޭނުންވާ ފަރާތްތަކަށް ޑެލިވަރީ ކޮށްދެއެވެ. އެގޮތުން ވިލާ ރޫފިން މާލެ، ހުޅުމާލެ އަދި ދޯންޏާ ހަމައަށް ޑެލިވަރީކޮށްދޭއިރު، ތިލަފުށީގައި ހުންނަ ފެކްޓަރީން އޯޑަރުވެސް ނަގައެވެ.

އެހެންކަމުން މިހާރު ވެސް ގިނަ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުންވެސް މި ޝީޓްތައް ބޭނުންކޮށްގެން ގޭގެ ފުރާޅުތައް ހަދައެވެ.

ވިލާ ރޫފިންއަކީ 'ހޮޓް ރޯލް ފޯމް ޕޮރެސް' ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ އެއްޗެކެވެ. ސައުދީއިން ރޯ މެޓީރިއަލް އެތެރެކޮށްގެން ތައްޔާރުކުރާ މި ރޫފިން ޝީޓުތައް ކަސްޓަމަރުން ބޭނުންވާ ޑިޒައިނާއި ސައިޒަކަށް ތައްޔާރުކޮށްލެވޭނެއެވެ. މި ރޫފިން ޝީޓުތަކުގެ ބޯމިނުގައި 0.50 މިލިމީޓަރު ހުރެއެވެ.

ސައުދީ، ޔޫއޭއީ، ޖޯޑަން، ކުވެއިތު އަދި މެދު އިރުމަތީގެ އެންމެ ފުރިހަމަ މިންގަނޑުތަކަށް އުފައްދާ މި ރޫފިން ޝީޓުތަކަކީ އައި އެސް އޯ ސެޓްފިކެޓް ވެސް ހާސިލްކޮށްފައިވާ ބްރޭންޑްއެކެވެ.

މީގެން ލިބޭ ފައިދާތަކުގެ ތެރޭގައި، މި ރޫފިންގް ޝީޓުތަކުގައި 'އެންޓި ކެޕިލަރީ' ޓެކްނޮލޮޖީ ހުރުމުގެ ސަބަބުން ފުރާޅުން ފެންތިކި ނުޖެހުން ހިމެނެއެވެ.

ވިލާ ހަކަތައިން ބުނީ އެއީ ގިނަ ދިވެހިންނަށް ފުރާޅު އެޅުމުގައި ކުރިމަތިވާ ލީކުވާ މައްސަލައަށް ދާއިމީ ހައްލެއް ކަމުގައި ގަބޫލުކުރާ ކަމަށެވެ. އަދި ގިނަ ވަގުތު އަލިފާނުގައިވެސް ގެއްލުމެއް ނުވާގޮތަށް މި ރޫފިން ޝީޓުތައް ހިފަހައްޓާނެ ކަމަށް ވެސް ވިލާ ހަކަތައިން ބުންޏެވެ.

ވިލާއިން ބުނީ މިއީ އެހެނިހެން ރޫފިން ޝީޓުތަކާ ޚިލާފަށް، ލޮނުގެ އަސަރުން ދަބަރުޖެހުމާއި ދަގަނޑު ހަލާކުވާ މިންވަރު ކުޑަ ރޫފިން ޝީޓުތަކެއް ކަމަށެވެ. އެ ރޫފިން ޝީޓުތައް ލިބެން ހުންނާނީ ކުލަތަކަކީ ވިލު ނޫ، ޒިންކް، ގަދަ ނޫ އަދި ފެހި ކުލައިންނެވެ.

މި ރޫފިން ޕްރޮޑަކްޓްސް ވިލާއިން ތައާރަފު ކޮށްފައިވަނީ ބޮޑު ޑިސްކައުންޓަކާ އެކުއެވެ. އެގޮތުން ކޮންމެ ފޫޓަކަށް 15 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ 28ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ވިލާގެ ރޫފިން ސާމާނު ގަތުމަށް ބޭނުންވާ ފަރާތްތަކުން 7236464 އަށް ވައިބާ ނުވަތަ ގުޅޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު