ނުވަ އަހަރު ފަހުން ޓޮޓެންހަމް ބަލިކޮށް، އާސެނަލަށް 8 ޕޮއިންޓުގެ ލީޑެއް

އާސެނަލުން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ---

އިނގިރޭސި ޕްރިމިއާ ލީގުގައި ނުވަ އަހަރު ފަހުން ޓޮޓެންހަމް ބަލިކޮށް އާސެނަލުން ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ހަމަހަމަ ކުޅުމެއް ފެނިފައެވެ. އެގޮތުން މެޗުގެ 14ވަނަ މިނެޓުގައި އާސެނަލުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޓޮޓެންހަމްގެ ކީޕަރު ލޮރިސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އާސެނަލްގެ ބުކާޔޯ ސަކާ ނެގި ހުރަހެއް، ޓޮޓެންހަމްގެ ރަޔާން ސެސެންނޯން ފައިގައި ޖެހިފައި ގޯލަށް ވަނީ ލޮރިސް އަތުގައި ޖެހިފައެވެ.

މެޗުގެ 25ވަަނަ މިނެޓުގައި އާސެނަލްގެ ތޯމަސް ޕާޓޭ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ގޯލު ދަނޑިއެވެ.

އޮޑެގާޑް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ----

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ޓޮޓެންހަމްގެ ހާފުގެ މެދަކާ ހަމައިން އޮޑެގާޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އެ މޮޅާއެކު އާސެނަލް އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 18 މެޗު ކުޅެ 47 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 18 މެޗުން ލިބުނީ 39 ޕޮއިންޓެވެ. މެޗުން ބަލިވި އާސެނަލް ތާވަލުގެ ފަސް ވަނައިގައި އޮތީ 19 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް