މެޕްސް ކޮލެޖުން ޖެނުއަރީ އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މެޕްސް ކޮލެޖުން ބުނީ، އެ ކޮލެޖުން ހިންގާ ސެޓްފިކެޓް ލެވެލް އިން ފެށިގެން ބެޗެލާސް ޑިގްރީގެ ކޯސްތަކުގެ ޖެނުއަރީ އިންޓޭކްއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 22ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.
ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިން މެނޭޖްމަންޓް، އެކައުންޓިންގް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.
މެޕްސް ކޮލެޖުން އަންނަނީ އިންޓަނޭޝަނަލް ކޯސްތައްވެސް ހިންގަމުންނެވެ. މެޕްސް ކޮލެޖުން ބުނީ، އެ ކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގެތެރެއިން އެސޯސިއޭޝަން އޮފް ޗާޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) އަދި ޔުނިވާސިޓީ އޮފް ބެޑްފޮޑްޝަޔާގެ މާސްޓާސް ކޯސްތަކުގެ ކިޔެވުން މި މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މީގެތެރެއިން ޔުނިވާސިޓީ އޮފް ބެޑް ފޯޑްޝަޔާގެ މާސްޓާސް ކޯސްތަކަށް ދެން އެންމެ އަވަހަށް ކުރިމަތިލެވޭނީ މިއަހަރުގެ މާޗް މަހުކަމަށް މެޕްސްއިން ބުނެއެވެ.
މެޕްސް ކޮލެޖުން ބުނީ ތިން ދާއިރާއަކަށް ޚާއްސަކޮށްގެން ހިންގާ ޔުނިވާސިޓީ އޮފް ބެޑްފޮޑް ޝަޔާގެ މާސްޓާސް ކޯހަކީ، 12 މަސް ދުވަހުން ފުރިހަމަކުރެވޭ ކޯހެއްކަމަށެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންސްގެ އިތުރުން ފައިނޭންސް އަދި ހޮސްޕިޓަލް އެންޑް ހެލްތް ސާވިސަސް މެނޭޖްމަންޓްއަށް ޚާއްސަ ތިން ދާއިރާއަކުން މާސްޓަސްއަށް ކިޔެވުމުގެ ފުރުސަތު މެޕްސް ކޮލެޖުން ދަރިވަރުންނަށް ވަނީ ހުޅުވާލާފައެވެ. މެޕްސް ކޮލެޖުން ހިންގާ ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާގެ މާސްޓާސް ކޯސްތަކަކީ މަތީ ތަޢުލީމު އުނގެނުމަށް ޝައުޤުވެރިވާ ދަރިވަރުންގެތެރޭ ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ ކޯސްތަކެއް ކަމަށް މެޕްސްއިން ބުނެއެވެ.
ކުރިން ހަމަޖެހިފައިވާ ގޮތުން ޖަނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކަށް ހަމަޖައްސާފައިވަނީ މާދަމާގެ ނިޔަލަށެވެ. ޖެނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ވީހާވެސް ގިނަ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށްކަމަށް އެކޮލެޖުން ބުނެއެވެ.
މެޕްސްއިން ބުނީ މިއަހަރުގެ އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމު ކިޔެވުމަށް ޝައުގުވެރިވާ ކުދިންނަށް މިއީ ވަރަށް ރަގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ. މިގޮތުން މެޕްސް ކޮލެޖުން ހިންގާ ބެޗެލާސް ޑިގްރީގެ ކޯސްތަކަކީ ދަރިވަރުންނަށް އެންމެ އެކަށީގެންވާ ކޯސްތަކެއްކަމަށްވެސް މެޕްސް އިން ބުނެއެވެ.
އޭލެވެލްގެ ދެ ފާސް ނުވަތަ އޭލެވެލްގެ ދިވެހި އަދި އިސްލާމް މާއްދާއިން "ސީ" ފާހަށްވުރެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ބެޗެލާސް ޑިގްރީގެ ކޮންމެ ކޯހެއްގައިވެސް ބައިވެރިވެވޭނެއެވެ. މީގެއިތުރުން އޭލެވްލް ފާސް ނެތްފަރާތްތަކަށް ލިބިފައިވާ ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއެކު އޯލްޓަނޭޓިވް އެންޓްރީއެއްގެ ދަށުން ބެޗެލާސް ޑިގްރީގައި ކިޔެވުމުގެ ފުރުސަތުވެސް މެޕްސްކޮލެޖުން ލިބޭނެއެވެ.
މެޕްސް ކޮލެޖުން ހިންގާ ބެޗެލާސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ބެޗެލާސް ޑިގްރީ ގްރާންޓް ސްކީމް"ގެ ދަށުން ކިޔެވޭނެ ކޯސްތަކެވެ. ހަމައެއާއެކު މިކޯސްތައް ބައްޓަން ކުރެވިފައިވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ.
ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ޚިދުމަތް ދެމުން އަންނަ މެޕްސްކޮލެޖްގެ އޮންލައިން ކޯސްތަކަކީ، އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް މަތީ ތައުލީމު ފުރިހަމަކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް މެޕްސް ކޮލެޖުން ބުނެއެވެ.
މެޕްސް ކޮލެޖުން ބުނީ ކޮންމެ ހިސާބެއްގައި ދިރިއުޅޭ މީހަކަށް ވެސް ބެޗެލާސް ޑިގްރީގެ ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު މިހާރު މެޕްސްކޮލެޖުން ލިބޭނެކަމަށެވެ.
މިކޯސްތަކާބެހޭ އިތުރު މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓުން ލިބޭނެއެވެ. އަދި ކޯސްތަކާބެހޭ އިތުރު މަޢުލޫމާތު އެކޮލެޖްގެ ނަމްބަރު 3314621 އަށް ގުޅާލުމުންވެސް ލިބިގެންދާނެއެވެ.
މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެއްކޮލެޖެވެ.