ހުޅުމާލެއިން ބަލައިފާސްކުރި ވޭނަކުން ބަނގުރާ ފުޅިތަކަކާއި ދަޅުތަކެއް ފެނިއްޖެ

މާލޭގައި ކުރިން ހިންގި ދެ އޮޕަރޭޝަނުގައި އަތުލައިގެން ބަނގުރާފުޅިތަކެއް --- ފޮޓޯ/ ފުލުހުން

ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނެއް ބަލާ ފާސްކުރުމުގެ ތެރެއިން ބަނގުރާ ފުޅި ތަކަކާއި ދަޅުތަކެއް ފުލުހުން މިއަދު އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުުނީ، އެ ވޭން ބަލާ ފާސްކުރީ ތުހުމަތުތަކެއް ކުރެވިގެން ކަމަށެވެ. މި މައްސަލައާ ގުޅިގެން ބިދޭސީ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހަފުތާގަ ވެސް ހުޅުމާލޭގައި ބަޔަކު ވަނީ ދެ ކޭސް ބަނގުރާ ހިފައިގެން ދަނިކޮށް ފުލުހުން ފެނުމުން އެތަކެތި ދޫކޮށްލާ ފިލާފައެވެ.

އެ ދެ މީހުންނަށް މަގުމަތިން ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން ފިލަންވެގެން ސައިކަލު ބާރަށް ދުއްވާލި ވަގުތު، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ޖެހި އެކްސިޑެންޓުވިކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އެ ދެ މީހުން ދިޔައީ ދެ ކޭސް ބަނގުރާ ހިފައިގެން ކަމަށާއި އެކްސިޑެންޓުވުމުން ސައިކަލުގައި ތިބި ދެމީހުން ބަނގުރާ ފުޅިތައް ހުރި ދެ ކޭސް ދޫކޮށްލުމަށްފަހު ފިލައިގެން ގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް