ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑަށް ވާދަކުރަން ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑު ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ޕްރޮމިސް ޕްރޮޖެކްޓް"އިން ބާއްވާ އެމީހުންގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އެވޯޑް ކަމަށްވާ "ދަ ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑްސް"އަށް ވާދަކުރުމަށް ހުޅުވާލައިފިއެވެ.

މި އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި، އެންމެ ރަނގަޅު އުސޫލުތައް ގެންގުޅޭ ކުދި، މައިކްރޯ އަދި މީޑިއަމް އެންޓަޕްރައިސަސް (އެމްއެސްއެމްއީ)ގެ މަސައްކަތްތައް ފާހަގަކުރުމަށް "ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑު" ދީފައެވެ.

ސަސްޓެއިނަބިލިޓީ އެވޯޑަށް ވާދަކުރުމަށް ހުޅުވާލައިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކުންފުނިތަކަށެވެ. އޭގެ ތެރޭގައި ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާއި ހިންގާ ގެސްޓްހައުސްތަކާއި ހޮޓޭލްތަކާއި ރިކްރިއޭޝަނަލް ސެންޓަރުތައް ހިމެނެއެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކަކީ އެ ފަރާތްތަކަކީ މިދިޔަ އަހަރާއި މި އަހަރާ ދެމެދު ކުނި މަދު ކުރުމުގެ ހަރަކާތެއް ހިންގާފައިވާ ބަޔަކަށް ވާންޖެހެއެވެ.

"ޕްރޮމިސް" މަޝްރޫއަކީ ލަކްޝަދީބު ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންގެ ސްވިޗް އޭޝިއާ ޕްރޮގްރާމް މެދުވެރިކޮށް، ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ ގޮނޑުދޮށްތަކާއި ކަނޑުގެ އައްސޭރިފަށުން ކުނި މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މި އެވޯޑަށް ކުރިމަތިލެވޭނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 31ވަނަ ދުވަހެވެ. އެވޯޑަށް ކުރިމަތިލުމުގެ އެޕްލިކޭޝަން މިހާރު ޕްރޮމިސް ޕްރޮޖެކްޓުގެ ވެބްސައިޓުން ލިބޭން ހުންނާނެއެވެ.

މިދިޔަ އަހަރު ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑަށް މުޅި ޖުމުލަ 30 ފަރާތަކުން ވާދަކުރިއިރު އެ އެވޯޑު ލިބޭ ފަސް ފަރާތް ކަނޑައެޅީ ކަމުގެ ތަޖުރިބާކާރުންގެ ޕެނަލްއަކުންނެވެ.

comment ކޮމެންޓް