ކެންސަރަށް މަގުފަހިވާ ބާވަތްތައް އުނިކުރުމަށްފަހު ދަނޑުވެރިކަމަށް ބޭނުންކުރެވޭ ޕެސްޓިސައިޑުތައް އާންމުކޮށްފި

ދިވެހި އަންހެނަކު ދަނޑެއްގައި މަސައްކަތް ކުރަނީ: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެންސަރަށް މަގުފަހިވާ ބާވާތްތައް ހިމެނޭ ޕެސްޓިސައިޑުތައް އުނިކުރުމަށްފަހު، ދަނޑުވެރިކަމުގައި ބޭނުންކުރަން ހުއްދަދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓްރީ އާންމުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ދިރާސާއަކުން ހާމަވިގޮތުގައި، 'އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އިން ކެންސާ'ގެ ފަރާތުން ކެންސަރަށް މަގުފަހިވާ ކަމަށް ކަނޑައަޅާފައިވާ 14 ވައްތަރެއްގެ ޕެސްޓިސައިޑް ނުވަތަ ގަހުގައި އުޅޭ ތަފާތު ފަނިތައް މަރަން ބޭނުންކުރާ ކެމިކަލް، 2021ވަނަ އަހަރުގެ ތެރޭގައި ރާއްޖެ އެތެރެކޮށްފައިވައިވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ދަނޑުވެރިކަމާއި އިމާރާތް ކުރުމާއި އޮޑިދޯނިފަހަރު ބަނުން ފަދަ އެކިއެކި ސިނާއަތްތައް ފުޅާވުމާ ގުޅިގެން ތަފާތު ވައްތަރުގެ ކެމިކަލް އެތެރެ ކުރުން އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ނުރައްކާތެރި ކެމިކަލް ބޭނުންކުރުން ވެސް އިތުރު ވެފައިވާކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

https://sun.mv/172133

އެގޮތުން ދަނޑުވެރިކަމުގެ ސިނާއަތާއި އިމާރާތް ކުރުމުގެ ދާއިރާގައި، ފަނިފަކްސާ އަދި އެކިއެކި ސޫފާސޫފި މަރަން ބޭނުންކުރާ ކެމިކަލްތައް ފާހަގަކުރެވޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެއާއެކު މިއަދު ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން އާންމުކުރި އިރު 130އަށްވުރެ ގިނަ ކެމިކަލް އެތެރެކުރެވޭ ގޮތަށްވަނީ ހުއްދަ ދީފައެވެ.

މީގެ އިތުރުން އެ ކެމިކަލްގެ ނުރައްކާތެރިކަން ރޭޓުކުރުމުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ފާހަގަކުރާ މިންގަނޑު ވެސް ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް