ރާއްޖޭން މި މަހު އެކަނި 4،000 އަށް ވުރެ ގިނަ މީހުން އުމުރާއަށް

އުމްރާއަށް ދިއުމަށް ދިވެހިން އެމީހުންގެ އާއިލާއާއެކު އެއާޕޯޓުގައި --- ފޮޓޯ/ ޤިބްލަ ހައްޖު އެންޑް އުމްރާ

ރާއްޖެއިން މި ޑިސެމްބަރު މަހު އެކަނި 4،000އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް، ސައޫދީ އަރަބިއްޔާއަށް ގޮސްފިއެވެ.

އެގޮތުން މިމަހު ޖުމުލަ 4،434 މީހަކު ރާއްޖެއިން އުމުރާއަށް ދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން ގިނަ ބަޔަކު މިހާރު އުމްރާއަށް ގޮސްފައިވާއިރު އެންމެ ފުރަތަމަ ގުރޫޕް ގޮސްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އުމްރާއަށް ދިއުމަށް ދިވެހިން އެމީހުންގެ އާއިލާއާއެކު އެއާޕޯޓުގައި --- ފޮޓޯ/ ޤިބްލަ ހައްޖު އެންޑް އުމްރާ

މިފަހަރު އެންމެ ގިނަ ބަޔަކު އުމްރާއަށް ގެންދިޔަ ގްރޫޕްތަކުގެ ތެރޭގައި ދަރުމަލިލް ހައްޖު ވަލް އުމްރަތި ގްރޫޕާއި ޒަމަޒަމް އެޗް އެންޑް ޔޫ ޕްރައިވެޓް ލިމިޓެޑާއި ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑާއި އަލްމަނާސިކް ހިމެނެއެވެ.

ރާއްޖެއިން މިފަހަރު އުމްރާއަށް ދާ މީހުންގެ ތެރޭގައި ގިނަ ޒުވާނުން ހިމެނެއެވެ. އަދި މި ފަހަރަކީ އާއިލާއާއެކު ވެސް ގިނަ ބަޔަކު އުމްރާއަށް ދިޔަ ފަހަރެއްކަން ފާހަގަކޮށްލެވެއެވެ.

ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ދާއިރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކުން ބުނެއެވެ.

އުމްރާއަށް ދިއުމަށް ދިވެހިން އެމީހުންގެ އާއިލާއާއެކު އެއާޕޯޓުގައި --- ފޮޓޯ/ ޤިބްލަ ހައްޖު އެންޑް އުމްރާ

އެގޮތުން ފްލައިޓްތައް ޑިލޭ ވުމާއި ގަޑިއަށް ވިސާ ހަމަނުޖެހުމުގެ މައްސަލަތަކާހުރެ ފުރަން އޮންނަ ގަޑިއަށް ނުފުރުން ފަދަ ކަންކަން ކުރިމަތިވި ކަމަށް އެ މީހުން ބުނެއެވެ.

މި ޑިސެމްބަރު މަހު ރާއްޖޭން އުމުރާއަށް ދާ އެންމެ ފަހު ގްރޫޕްތައް ފުރާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އުމްރާއަށް ދިއުމަށް ދިވެހިން އެމީހުންގެ އާއިލާއާއެކު އެއާޕޯޓުގައި --- ފޮޓޯ/ ޤިބްލަ ހައްޖު އެންޑް އުމްރާ

ރާއްޖެއަކީ އަހަރެއްގެ މައްޗަށް ނިސްބަތުން ގިނަ ބަޔަކު އުމްރާގެ އަޅުކަމަށާއި ހައްޖުގެ އަޅުކަމަށް ސައުދީއަށް ދާ ގައުމެކެވެ.

comment ކޮމެންޓް