ޚާރިޖީ ސިޔާސަތާ ގުޅޭ މައުލޫމާތު ދޭ ޕްރޮގްރާމްތަކެއް ފޮސިމްއިން ހިންގަނީ

ފޮރިން މިނިސްޓްރީ ހިންގާ ބިލްޑިންގެ ބޭރުގައި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލުގެ ނަން ޖަހާފައި

ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭ މައުލޫމާތު ދިނުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް، ފޮރިން މިނިސްޓްރީގެ، ފޮރިން ސާވިސަސް އިންސްޓިޓިއުޓް (ފޮސިމް)އިން ހިންގަން ތައްޔާރުވެއްޖެއެވެ.

މި ޕްރޮގްރާމްތައް ފަށާނީ އަންނަ އަހަރެވެ.

މި ޕްރޮގްރާމުގެ ދަށުން، މިނިސްޓްރީތަކާއި ސްކޫލުތަކާއި، ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާ ގުޅޭ ޚާއްސަ ކަންކަން ކިޔައިދޭނެއެވެ. އަދި ޚާރިޖީ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ތަފާތު އެކި މޮޑިއުލްތަކަކަށް ބަހާލައިގެން ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ.

އައުޓްރީޗް ޕްރޮގްރާމްގައި ހިންގާ ސެޝަންތަކުގެ ތެރޭގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ބައިލެޓެރެލް މަލްޓިލެޓެރަލް ގުޅުންތަކާއި، ކޮމާޝަލް ޑިޕްލޮމަސީ، ކޮންސިއުލާ އަދި ޕްރޮޓޮކޯލްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށް ދާނެކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.

ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ޒިންމާތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާ ގުޅޭ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި، އާންމުންނާއި، ކިޔަވާ ކުދިން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުން ހިމެެނެއެވެ.

comment ކޮމެންޓް