އެޕަލްއާ ވާދައަށް ޓެސްލާއިން މަލްޓި ޑިވައިސް ޗާޖަރެއް އުފައްދައިފި

ޓެސްލާގެ ވެރިޔާ، ބިލިއަނަރު އިލޯކް މަސްކް--

އެޕަލް އެއާޕަވާ އާއި ވާދައަށް އެއަށްވުރެ އެތައް ގުނައެއް ފުރިހަމަކަމާއެކު ޓެސްލާ އިން މަލްޓި ޑިވައިސް ޗާޖަރެއް އުފައްދައިފިއެވެ.

ޓެސްލާގެ ސީއީއޯ އީލޯން މަސްކް ޓްވިޓާގެ ކަންތަކާހެދި އަވަދި ނެތި އުޅުއްވިޔަސް އޭނާގެ ކުންފުނިތަކުގެ މަސައްކަތްތައް ދަނީ ސާބިތުކަމާއެކު ހަރުދަނާކޮށް ތަރައްޤީ ކުރަމުންނެވެ.

މިގޮތުން މަހުޖަނުގެ ޓެސްލާއިން މިވަނީ ވަރަށް ފުރިހަމަ ވަޔަލެސް ޗާޖަރެއް ތައާރަފްކޮށްފައެވެ.

އީލޯން މާސްކްގެ ޓެސްލާގެ މާކެޓިން ޑިޕާޓްމަންޓުން އެފަދަ ދެވަނައެއްނެތް "ވަޔަލެސް ޗާޖިން ޕްލެޓްފޯމް" އެއް ތަޢާރަފްކޮށްފައިވާއިރު، ޓްވިޓާގެ ޑީލަށްފަހު އެޕަލްއާއި، އީލޯން މަސްކާއި ދެމެދު މިވަނީ ނުތަވަސްކަން އުފެދިފައެވެ.

2017 ވަނަ އަހަރުން ފެށިގެން އެޕަލް އިން އައިފޯނާއި އެޕަލް ވޮޗް އަދި އެއާޕޮޑްސް ވަޔާލެސްކޮށް ޗާޖު ކުރެވޭނެ ވަޔަލެސް ޗާޖަރެއް ތަޢާރަފްކޮށްފައިވީ ނަމަވެސް އެފަދަ އެހެން ޑިވައިސްއެއް އެހެން ކުންފުންޏަކަށް ޓެސްލާ ފިޔަވައި އުފެއްދިފައެއް ނުވެއެވެ.

އެހެން ބައެއް ކުންފުނިތަކުންވެސް ވަޔާލެސް ޗާޖަރު އުފެއްދި ނަމަވެސް އެޕަލްގެ އެއާޕަވާއާއި ގާތްވެސް ކޮށްލެވޭ ވަރަށް ތަރައްޤީ ކުރެވިފައެއް ނުވެއެވެ.

އީލޯން މަސްކްގެ ޓެސްލާއިން ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިހާފުރިހަމަ ވާޔާލެސް ޗާޖަރެއް އުފައްދާފައިވާއިރު، މިހާރު ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޝިޕިން ފެށުމަށް ހަމަޖެހިފައިވާ ވަޔަލެސް ޗާޖިން ޕްލެޓްފޯމްގެ ޕްރީ އޯޑަރު ނަގަން ފަށައިފައެވެ.

ޓެސްލާގެ ވަޔާލެސް ޗާޖިން ޕްލެޓްފޯމަށް ގިނަބައެއްގެ ސަމާލުކަން ލިބިފައިވާއިރު އެ ޑިވައިސްގެ ޑިޒައިން ހަތަރެސްކަނަށް ހުރުމާއި، މެޓަލިކް ސްޓައިލަކަށް ހުރުމުން، ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އެ ވަޔަލެސް ޗާޖިން ޕްލެޓްފޯމުން އެއްފަހަރާ ތިން ޑިވައިސް ޗާޖް ކޮށްލެވޭނެއެވެ.

ޓެސްލާ އިން ބުނީ އެއްފަހަރާ ތިން ޑިވައިސް ޗާޖް ކުރިނަމަވެސް ކޮންމެ ޑިވައިސްއަކަށް 15 ވޮޓްގެ ފާސްޓް ޗާޖިން ޕަވާ ލިބޭނެ ކަމަށެވެ.

ޓެސްލާއިން ބުނީ އެމީހުންގެ ޗާޖަރުގެ ޑިޒައިން އެކުލެވިގެންވަނީ އެލުމިނިއަމް ހައުސިން، ޕްރިމިއަމް އަލްކަންޓާރާ ސާފޭސް އަދި ޑިޓެޗެބަލް މެގްނެޓިކް ސްޓޭންޑެއް ގެ ސަބަބުން ކަމުން ޗާޖަރު ފްލެޓް ނުވަތަ އޭންގަލްއެއްގައި ރަނގަޅަށް ބެލޭނެ ގޮތަށް ކަމަށެވެ.

ހާއްސަކޮށް "ކިއުއައި ކެޕޭބަލް ޑިވައިސްތައް (ވަޔާލެސްކޮށް ޗާޖްކުރެވޭ ޑިވައިސްތައް) ކަމަށްވާ ފޯން ނުވަތަ އިއާބަޑްސް" އަށް ޓެސްލާގެ ޗާޖިން ޕްލެޓް ފޯމް ސަޕޯޓް ކުރާނެއެވެ. އޭގެ މާނައަކީ އެޕަލް ވޮޗް ޗާޖު ނުކުރާނެ ކަމެވެ.

އެހެންވެ، އެޕަލް ވޮޗް ބޭނުންކުރާ ފަރާތަކުން ޓެސްލާގެ ޗާޖިން ޕްލެޓްފޯމް ބޭނުން ކުރިޔަސް އިތުރު ޗާޖަރެއް ބޭނުން ކުރާންޖެހޭތީ ޓެސްލާގެ މި ޕްލެޓްފޯމަކީ ޗާޖިންގެ އެންމެ ފުރިހަމަ ހައްލު ނޫންކަމަށް ބައެއް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް