"އަޔާދީ ތަކާފުލް"ގެ ޙައްޖު އެންޑް ޢުމްރާ ޕްލޭނުން ގިނަ ފައިދާތަކެއް

އަޔާދީ ތަކާފުލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޙައްޖާއި ޢުމްރާއަށް ދާ މީހުން ގެންދާ ތަކެއްޗަށް ރައްކާތެރިކަން ލިބޭނެ ޕެކޭޖެއް އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ތައާރަފުކޮށްފިއެވެ.

އަޔާދީ އިން ތައާރަފުކުރީ "ޙައްޖު އެންޑް ޢުމްރާ ޕްލޭން"އެވެ. މި ޕްލޭންގެ ދަށުން ޙައްޖަށް ނުވަތަ ޢުމްރާއަށް ދާ މީހުންނަށް މައިގަނޑު ގޮތެއްގައި ހަތަރު ގޮތަކުން ފައިދާ ލިބެއެވެ.

1- ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސް އުޅެނިކޮށް ލަގޭޖް ގެއްލުން ފަދަ ކަމެއް ދިމާވުމުން، އިތުރު ޚަރަދުތައް ކުރަން ޖެހެއެވެ. މިފަދަ ހާލަތެއްގައި ޙައްޖު އެންޑް ޢުމްރާ ޕްލޭންގެ ފަރާތުން އެ ޕެކޭޖުގެ ވެރި ފަރާތަކަށް 15،000 ރުފިޔާއާ ހަމައަށް ބަދަލު ލިބޭނެއެވެ.

2- ޙައްޖަށް ނުވަތަ ޢުމްރާއަށް ދާ އެއާލައިނާ ހަވާލުކޮށްފައި ޗެކިންގައި ދޫކޮށްލާ ލަގެޖް އައުން ލަސްވެއްޖެ ނަމަ، ލަސްވާ ކޮންމެ 12 ގަޑިއިރަކަށް 800 ރުފިޔާގެ މަގުން، 2400 ރުފިޔާއާ ހަމައަށް ލަގެޖު ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ ދައްޗާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ލިބޭނެއެވެ.

3- ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސް އުޅެނިކޮށް ޕާސްޕޯޓު ގެއްލިއްޖެ ނަމަ އެކަމަށް 1،500 ރުފިޔާއާ ހަމައަށް ބަދަލު ދޭނެއެވެ. އަދި ސައުދީގައި ހުންނަ ދިވެހި އެމްބަސީ ނުވަތަ ކޮންސިއުލޭޓު މެދުވެރިކޮށް ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއް ހެދުން ފަދަ ބޭނުމަށް އެ ފައިސާ ޚަރަދުކުރެވޭނެއެވެ.

4- ގާތް ތިމާގެ މީހުންނަށް ހަދިޔާ ގަތުމަށް ނުވަތަ އެކި ކަންކަމަށް ގެންދާ ފައިސާ ދަތުރުމަތީގައި ގެއްލިއްޖެ ނަމަ އެކަމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާއާ ހަމައަށް ބަދަލު ލިބޭނެއެވެ.

މި ޕެކޭޖު ނަގައިގެން ޙައްޖަށް ނުވަތަ ޢުމްރާއަށް ދިޔުމަކީ ތަކެތި ގެއްލުން ފަދަ ކަންކަމުގެ ފިކުރުތަކުން ދުރުކޮށްދޭން އެހީތެރިވެދޭނެ ކަމެކެވެ. ވަކިން ޚާއްސަކޮށް އުނދަގޫ ހާލަތެއް މެދުވެރިވެ، މާލީ ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ އަޔާދީ ތަކާފުލްގެ އެހީތެރިކަން ލިބޭނެއެވެ.

މި ޕެކޭޖްތައް ނަގަން ބޭނުންވާ މީހުންނަށް އެލައިޑް އިންޝުއަރެންސްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ. އަދި މި ޕެކޭޖާ ބެހޭ އިތުރު މައުލޫމާތުތައް އެލައިޑް އިންޝުއަރެންސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް