އިންސްޓަގްރާމްއިން މިހާރު 2022ގެ ރީކެޕް ރީލް ހެދޭނެ

އިންސްޓަގްރާމުން މިހާރު 2022ގެ ރީކެޕް ރީލް މިހާރު ހެދޭނެ -- ފޮޓޯ/ ޑިޖިޓަލް ޓްރެންޑްސް

މި އަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، މި އަހަރު އެމީހެއްގެ ހަޔާތުގައި ހިނގި އެންމެ ފާހަގަކޮށްލެވޭ ކަންތައްތައް ފޮޓޯއާއި ވީޑިއޯއިން ދައްކުވައިދޭ "ރިކެޕް ރީލް" ހެދުމުގެ ފުރުސަތު އިންސްޓަގްރާމްއިން ހުޅުވާލައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ފަންނާނުން މިހާރު ވެސް މި ފީޗާ ބޭނުން ކުރަމުންދާ އިރު، އިންސްޓަގްރާމުން ވަރަށް ފުރިހަމަ ރީލްއެއް ހަދައިދޭކަން އެފަދަ ފަންނާނުންވަނީ ފާހަގަކޮށްފައެވެ. އެގޮތުން ލަވަކިޔުންތެރިން ބޭޑް ބަނީ އާއި ޑީޖޭ ޚާލިދު އާއި ބާދްޝާހް އާއި ސްޓްރޭންޖާ ތިންގްސް ތަރި ޕްރިއާ ފާގަސަން ފަދަ ފަންނާނުންގެ ރީލްތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ފީޗާ ބޭނުންކުރާއިރު، މަޝްހޫރު ފަންނާނުންގެ ޓެމްޕްލެޓެއް ބޭނުންކޮށްގެން އެއާ އެއްގޮތަށް އެމީހެއްގެ ރީލް ހެދޭނެއެވެ.

މީގެ ކުރިން އިންސްޓަގްރާމްގައި އަހަރުގެ "ރީކެޕް"އެއް ބޭނުން ނަމަ ޖެހެނީ އަމިއްލައަށް ފޮޓޯތަކެއް ހޮވައި، ފޮޓޯ ގްރިޑެއް ގޮތަށް ހިއްސާކުރާށެވެ.

ނަމަވެސް މިދިޔަ އަހަރު އެކަން ބަދަލުކޮށް، "އިޔާ އިން ރިވިއު"ގެ ނަމުގައި ފީޗާއެއް ތައާރަފުކުރިއެވެ. އެ ފީޗާގައި 10 ސްޓޯރީ ހޮވައިގެން ފޮލޯވަރުންނާ ހިއްސާ ކުރެވޭނެ ގޮތް އޮތީ ހަދާފައެވެ. މިއަހަރު އިންސްޓަގްރާމްއިން ވަނީ ވީޑިއޯ ސްޓޯރީއާއި ފޮޓޯވެސް ރީކެޕް ރީލްގައި ހިމެނޭ ގޮތް ހަދާފައެވެ.

އިންސްޓަގްރާމްގައި 2022 ވަނަ އަހަރުގެ ރީކެޕް ރީލް އުފައްދާނެ ގޮތް

1. އެޕްގެ ހޯމްޕޭޖުގައިވާ 'ކްރިއޭޓް 2022 ރީކެޕް ރީލް' ޕްރޮމްޕްޓަށް ފިތާލާށެވެ.

2. ބޭނުންވާ ޓެމްޕްލޭޓް ހޮވާށެވެ.

3. 'ޔޫސް ޓެމްޕްލޭޓް' ބަޓަންއަށް ފިތާލާށެވެ.

4. ޓެމްޕްލޭޓްގައިވާ ވީޑިއޯ ކްލިޕްތަކުގެ ބަދަލުގައި އަމިއްލަ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރުމުގެ އިޚްތިޔާރު ދެން ލިބޭނެއެވެ. ބަދަލުކުރަން ބޭނުންވާ ތަސްވީރުތަކާއި ވީޑިއޯތައް ހޮވާށެވެ.

5. ފޮޓޯއާއި ވީޑިއޯ ހޮވާ ނިމުމުން ސްކްރީންގެ ކަނާތް ފަރާތުގެ ތިރީގައިވާ ބަޓަނަށް ފިތާލާށެވެ.

6. އެ މީހެއްގެ ރީލް ފެންނާނެއެވެ. މި ހިސާބުން ތިމާ ބޭނުންވާ ގޮތަށް ރީލަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވިދާނެއެވެ. އެޑިޓްކޮށް ނިމުމުން ސްކްރީންގެ ކަނާތްފަރާތު ތިރީގައިވާ 'ދެން' ބަޓަންއަށް ފިތާލާށެވެ.

7. ރީކެޕް ރީލްއަށް އިތުރު ބަދަލުތަކެއް ގެނެވޭނީ ފުލް ސްކްރީން މޯޑުގައި ބަލަން ހުރުމުންނެވެ. ބަދަލުތައް ގެނެސް ނިމުމުން 'ނެކްސްޓް' ބަޓަންއަށް ފިތާލާށެވެ.

8. ދެން ކެޕްޝަން އެއް އިތުރުކޮށް ލޮކޭޝަން ޕިން ޖަހައި، 'ޕީޕަލް އެންޑް ޕްރޮޑަކްޓްސް'އަށް ފިތާލުމަށްފަހު 'ޝެއާ' ބަޓަންއަށް ފިތާލާށެވެ.

comment ކޮމެންޓް