އެޕަލްގެ ސިލިކަން މެކް ޕްރޯގައި އެމް2 އެކްސްޓްރީމް ޗިޕް ނުހިމަނާނެ: ރިޕޯޓް

އެޕަލްގެ ފިހާރައެއް: ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރު އެ ކުންފުނިން އާ މެކްބުކް ޕްރޯ މޮޑެލްތައް ނެރޭނެ -- ފޮޓޯ/ އޭޕީ

އެޕަލްއިން ދެން އެންމެ އަވަހަށް ނެރެން ނިންމާފައިވާ "އެޕަލް ސިލިކަން މެކް ޕްރޯ"ގައި އެމް2 ޗިޕްގެ "އެކްސްޓްރީމް" ވޭރިއަންޓެއް ހިމަނަން އެޕަލްއިން ވިސްނާފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި އެމް2 އަލްޓްރާ ޗިޕެއް ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެޕަލް އިންސައިޑާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެކް ޕްރޯ އަކީ މުޅި މެކް ރޭންޖުގައި އެޕަލް ސިލިކަން ޗިޕެއް ބޭނުން ނުކުރާ އެންމެ ފަހު މޮޑެލްއެވެ.

އެޕަލްގެ މެކް ޕްރޯގައި "އެމް2 އެކްސްޓްރީމް" ޗިޕް ބޭނުން ކުރުމުގެ ވިސްނުން އެޕަލް އިން ދޮގުކޮށްފައިވާއިރު، މެކް ޕްރޯ އަންނަ އަހަރު ނެރެން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރު ފެތުރިފައިވެއެވެ. ނަމަވެސް، ކުރިން ހީކުރި ފަދަ ބާރުގަދަ ނުވަތަ މޮޅު އުފެއްދުމަކަށް އެ ޕްރޮޑަކްޓް ނުވެދާނެކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

މި މޮޑެލްގައި ބޭނުންކުރާނީ "އެމް2 އެކްސްޓްރީމް" ޗިޕެއް ކަމަށް ބެލެވުނު އިރު، މިއީ މިއީ ދެ އެމް2 އަލްޓްރާ ޗިޕް އެއް ސިލިކަން ޕީސްއެއްގައި ހިމަނައިގެން އުފައްދާ ޗިޕެއް ކަމަށް ބައެއް މާހިރުން ބުނެއެވެ.

ކަމުގެ މާހިރުންނާ ހަވާލާދީ ޓެކްރިޕޯޓްތައް ބުނާގޮތުގައި، މި ޗިޕު އުފައްދަން ނިންމާފައި އޮތީ 48 ސީޕީޔޫ ކޯއާއި 152 ޖީޕީޔޫ ކޯ ހިމެނޭނެ ގޮތަށެވެ.

ބްލޫމްބާގްގައިވާ ގޮތުން އެކްސްޓްރީމް ޗިޕެއް ބޭނުން ކުރުމަށް އެޕަލްއިން ފަސްޖެހެނީ ޕްރޮޑަކްޝަންގެ މައްސަލަތަކެއް ހުރުމުންނެވެ.

މި ޗިޕް އުފެއްދުން ހުއްޓިފައި ވަނީ އޭގެ އަގާއި އޭތި އުފެއްދުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

"އެޕަލްގެ މިހާރުގެ އަގުތަކުގެ އޮނިގަނޑަށް ބަލާއިރު، މެކް ޕްރޯއެއްގެ އެމް2 އެކްސްޓްރީމް ވާޝަނަކަށް މަދުވެގެން 10،000 ޑޮލަރު ޚަރަދުވާނެ. އެހެން އެއްވެސް އަޕްގްރޭޑެއް ނެތި މިއީ އުފެއްދުމުގެ ޚަރަދާއި އިންޖިނިއަރިން ވަސީލަތްތަކާއި ޕްރޮޑަކްޝަން ބޭންޑްވިތްގެ އަގު ވަރަށް ބޮޑު އުފެއްދުމެއް ކަމަށް ބެލެވޭ،" ބްލޫމްބާގްގައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރު އެ ކުންފުނިން އާ މެކްބުކް ޕްރޯ މޮޑެލްތަކާއި އެންމެ ފަހުގެ އައިމެކް ތައާރަފް ކުރާނެއެވެ.

މިހާރުގެ މެކް ޕްރޯ އަކީ 2019 ވަނަ އަހަރު އިންޓެލް ބޭސްޑް ޗިޕްސެޓަކާއެކު ތައާރަފްކުރި އުފެއްދުމެކެވެ.

comment ކޮމެންޓް