ރާއްޖޭގައި އިނގިރޭސިވިލާތުގެ މީހަކު އިސްލާމް ދީން ގަބޫލުކޮށްފި

ރޮބާޓް ކަލެބް ސްޓްރޭން އިސްލާމްދީން ގަބޫލުކުރުމުން އިސްލާމިކް މިނިސްޓަރު އޭނާއާ ބައްދަލުކުރަށްވަނީ

އިނގިރޭސިވިލާތުގެ އުމުރުން 25 އަހަރުގެ ޒުވާނަކު ރާއްޖޭގައި އިސްލާމް ދީން ގަބޫލުކޮށްފިއެވެ.

އިސްލާމް ދީން ގަބޫލުކުރުމުން އިސްލާމިކް މިނިސްޓްރީން ސެޓްފިކެޓް ހަވާލުކޮށްފައި ވަނީ ރޮބާޓް ކަލެބް ސްޓްރޭން ކިޔާ މީހަކަށެވެ. އޭނާ ނަން މިހާރު ވަނީ 'އުމަރު'އަށް ބަދަލުކޮށްފައެވެ.

އޭނާ އިސްލާމްދީން ގަބޫލުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.

އޭނާއާ ހަވާލުކުރި ސެޓްފިކެޓްގައިވާ ގޮތުން، އޭނާ އިސްލާމްދީން ގަބޫލުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔާފައިވަނީ ދެ މީހެއްގެ ކުރިމަތީގައެވެ.

އޭނާ އިސްލާމްދީން ގަބޫލުކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު ޢަލީ ވަނީ އޭނާއާ ބައްދަލު ކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.

comment ކޮމެންޓް