ހުޅުމާލެ ހޮސްޕިޓަލްގެ ވޭނެއް ފްލެޓަކަށް އަރައިފި، ތިން މީހަކަށް އަނިޔާވި

ހުޅުމާލެ ހޮސްޕިޓަލްގެ ވޭން ފާރަށް އަރާފައި --- ސަން ފޮޓޯ

ހުޅުމާލެ ހޮސްޕިޓަލްގެ ވޭނެއް، އެ ހޮސްޕިޓަލް ކައިރީގައި ހުރި ފްލެޓަކަށް އަރައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މަންޒަރު ފެނުނު މީހަކު ކިޔައިދިން ގޮތުގައި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައެވެ. އެގޮތުން ދެ މީހަކު އެމްބިއުލާންސްގައި ގެންދިޔައިރު އެކަކު ސްޓެޗާއެއްގައި ވަކިން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ބެލެވޭ،" އޭނާ ކިޔައިދިނެވެ.

މި އެކްސިޑެންޓާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގިތޯ ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް