ދިރާގުން ފައިބާ އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފުކޮށްފި

ދިރާގުން މުޅިން އައު ފައިބާ އަންލިމިޓެޑް ޕެކޭޖްތަކެއް ތައާރަފްކުރުމުގެ ތެރެއިން --- ފޮޓޯ/ ދިރާގު

ދިރާގުން މުޅިން އައު ފައިބާ އަންލިމިޓެޑް ޕެކޭޖްތަކެއް ތައާރަފުކޮށްފިއެވެ. އެގޮތުން މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ޙަފްލާއެއްގައި ތައާރްފްކޮށްފައިވަނީ ޖުމްލަ ދެ ވައްތަރެއްގެ ޕެކޭޖެކެވެ.

އެގޮތުން އެއީ ފައިބަރ 50އެމް އަންލިމިޓެޑް 1490 ރުފިޔާގެ ޕެކޭޖަކާއި އަދި ފައިބަރ 100އެމް އަންލިމިޓެޑް ޕެކޭޖް 2800 ރުފިޔާގެ ޕެކޭޖެކެވެ.

މި ޕެކޭޖްތައް ތަޢާރަފް ކޮށްދެެއްވަމުން ދިރާގުގެ މެނޭޖަރު ކޮންސިއުމަރ ޕޯސްޓްޕެއިޑް އެފްބީބީ، ޖަނާ އިބްރާހީމް ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތަކަށް ޕްރޮޑަކްޓްތައް ފަރުމާކޮށް އެ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ މުއްސަނދި ކުރުމަށް ދިރާގުން މަސައްކަތް ކުރާ ކަމަށެވެ.

އަދި މި ޕެކޭޖްތަކުގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށް ޑިޖިޓަލް ބޭނުންތަކަށް އެންމެ ހަލުވި ސްޕީޑްގަިއ އަންލިމިޓެޑް ހޯމް އިންޓަނެޓް ތަޖުރިބާކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްކޭޖްތަކަށް އެޕްލައި ކުރާ ކަސްޓަމަރުންނަސް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯއެންޓީ ވެސް މި މަހުގެ ނިޔަލަށް ހިލޭ ލިބޭނެއެވެ.

މި ޕެކޭޖްތަކަށް އަލަށް އެޕްލައިކުރަން ބޭނުންވާ ފަރާތްތަކަށް ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު އެޕްލައިކޮށްލެވޭނެއެވެ.

ދިރާގުގެ ފައިބާ ބްރޯންޑްބޭންޑުގެ ޚިދުމަތްތަކަކީ ރާއްޖޭގައި މިވަގުތު ފޯރުކޮށްދޭ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 102 ރަށެއް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް