މަލައިކާގެ އައު ޝޯ އަށް ފާޑުކިޔުން

މަލައިކާ އަރޯރާ ޚާންގެ ޑެބިއު ޝޯ އިއްޔެ ރިލީޒްކުރުމާއެކު އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

މަލައިކާގެ އައު ރިއަލިޓީ ޝޯ 'މޫވިންގ އިން ވިތު މަލައިކާ' އެއާ ކުރީ އިއްޔެއެވެ. މި ޝޯ އަކީ މަލައިކާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ގެނެސްދީ އޭނާ ސްކްރީނުން ބޭރުގައި އުޅޭ ގޮތް ދައްކުވައިދޭ ޝޯ އެކެވެ.

ޝޯގެ ފުރަތަމަ އެޕިސޯޑުގައި އޭނާ ކިޔައިދީފައިވަނީ އޭނާ އަކީ ފިލްމީ ތަރިންގެ ތެރެއިން ވެސް ގިނަ ބައެއްގެ ނުރުހުން އަބަދުވެސް ލިބޭ ތަރިއެއް ކަމެވެ.

މި ފަހުން ދިމާވި އެކްސިޑެންޓުގެ ވާހަކަ ޝޯގައި ދައްކާއިރު އޭނާގެ ކުރީގެ ފިރިމީހާ އަރްބާޒް ޚާންގެ ސަޕޯޓުވެސް މި ޝޯ އުފެއްދުމުގައި ލިބުނު ކަމަށް އޭނާ ބުނެއެވެ. އެހެންނަމަވެސް، މި ޝޯ ރިލީޒް ކުރުމާއެކު އިންޓަނެޓުން ޝޯ އަށް ތަރުހީބެއް ނުދިނެވެ. ޝޯ އާ ގުޅޭގޮތުން އެކި ކަހަލަ މީމްތައް ހެދުމާއި މަލައިކާއަށް ޖޯކު ޖަހާފައިވެއެވެ.

މި ޝޯގައި މަލައިކާ ދައްކަނީ އަސްލު މަލައިކާގެ ގޮތުގައި ނޫން ކަމަށާއި މިވެސް ސްކްރިޕްޓް އަކާއެކު ކުޅެފައިވާ ސީރީޒްއެއް ކަމަށް ބުނެފައިވެއެވެ.

މަލައިކާގެ މި ޝޯއަށް ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު މި ފަހުން ވަނީ މަލައިކާ އާއި އަރްޖުން ދަރިއެއް ހޯދަން އުޅޭކަމަށް ވެސް މީޑިއާތަކުގައި ހަބަރު ފެތުރިފައެވެ. އެހެންނަމަވެސް، ދަރިއެއް ނުހުންނަ ކަމަށް ބުނެ އެ ދެތަރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްދު ދިނެވެ. މަލައިކާ އާއި އަރްޖުން އެކުގައި އުޅޭތާ އަހަރުތަކެއް ވެފައިވާއިރު ކައިވެނި ކުރުމަށް ތައްޔާރު ވާ ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް