ބްލެކްމެއިލްކޮށްގެން ތުޅާދޫއިން މީހަކު ހައްޔަރުކޮށްފި

ބ. ތުޅާދޫ މަތިން ބަނދަރާއި ދިމާލުން ނެގިފައިވާ ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބްލެކްމެއިލްގެ މައްސަލައެއްގައި ބ. ތުޅާދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަައިގައި އެ މީހާ ހައްޔަރުކުރީ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިއަކު ބްލެކްމެއިލްކޮށްގެންނެވެ.

ރޭ އެ ރަށުގައި އެ ކަމާ ގުޅިގެން ހަމަނުޖެހުމެއް ވެސް ވަނީ ހިނގައިފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހުކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ބްލެކްމެއިލްގެ މައްސަލަތައް އިތުރުވާތީ ފުލުހުން ވެސް އަންނަނީ އެ ކަމަށް ސަމާލުވުމަށް އެދިފައެވެ.

comment ކޮމެންޓް