ހުޅުމާލޭގެ ދެބައި ގުޅޭ މޫދު ތެރެއަށް ވެއްޓިފަ އޮތް މީހަކު ސަލާމަތް ކޮށްފި

ހުޅުމާލެ ފޭސް އެކެކާއި ދޭއް ގުޅޭ ސަރަހައްދުގެ މޫދަށް ވެއްޓިފައި އޮތް މީހަކު ސަލާމަތް ކުރަނީ --- ސަން ފޮޓޯ

ހުޅުމާލޭގެ ފޭސް އެކެކާއި ފޭސް ދޭއް ގުޅޭ ސަރަހައްދުގެ މޫދަށް ވެއްޓިފައި އޮތް މީހަކު މިއަދު ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ, ހުޅުމާލެ ފޭސް އެކަކާއި ދޭއް ގުޅޭ ހިސާބު މޫދުގައި މީހަކު އޮތްކަމުގެ ރިޕޯޓް ލިބިގެން އެތަނަށް ގޮސް އެ މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި އާންމުން ގުޅިގެން އޭނާ މޫދުން ނަގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ވަނީ އައިލާއާ ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ ފަޅުތެރެއިން ނަގާފައިވަނީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދު ކޯރު ކަޑައި ލޮނު ދައުރު ވާގޮތަށް ހަދާފައިވާއިރު އެއް ކޮޅުން ނުކުމުވޭނީ ސަފާރީތައް އަޅާފައި އޮންނަ ތަނަށެވެ. އަދި އަނެއް ފަޅި ފަޅުތެރެ އޮންނަނީ ހުސްކޮށެވެ.

comment ކޮމެންޓް